https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ލަންކާ ބަލިކޮށް ބަންގްލަދޭޝް އިން ފެށުން ރަނގަޅުކޮށްފި

  • މާހިރު މުޙައްމަދު
  • Oct 1, 2021
  • 0 min read

ރާއްޖޭގައި މިއަދު ފެށި އޫރިދޫ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ލަންކާ އާއި ވާދަކޮށް ބަންގްލަދޭޝް އިން ކުރި ހޯދާ މުބާރާތުގެ ފެށުން އެޓީމުން ރަނގަޅު ކޮށްފިއެވެ. ބަލިކޮށް ބަންގްލަދޭޝް އިން ފެށުން ރަނގަޅުކޮށްފި


މިއަދު ހަވީރު ކުޅުނު މިމެޗުން ލަންކާގެ މައްޗަށް ބަންގްލަދޭޝް އިން ކުރި ހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ.

ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮންގެ ކޯޗުކަމުގެ ދަށުން ކުޅޭ ބަންގްލަދޭޝްއިން ވަނީ މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ލަންކާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ބަންގްލަދޭޝް އިން ލަނޑު ޖެހީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ޑިފެންޑަރު ޓޯޕޫ ބާމަނެވެ. މި ޕެނަލްޓީ އަކީ ލަންކާގެ ޑިފެންޑަރު ޑަކްސަން ބޯޅައިގައި އަތްލުމުން ދިން ޕެނަލްޓީއެކެވެ. މެޗުގައި އޭނާއަށް ކުރިން ރީނދޫ ކާޑު ދައްކާފައި އޮތް އިރު، ގަސްދުގައި ބޯޅައިގައި އަތް ލުމުން ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑު ދައްކައި، ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލިއެވެ. އޭގެ ފަހުން ނަތީޖާ އެއްވަރުކުރަން ލަންކާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ އަހުމަދު ވަސީމް ރަޒީކަށެވެ. އެކަމަކު މެޗުގެ 76 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ ބަންގްލަދޭޝްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ފަސް ގައުމަކުން ވާދަކުރާ އިރު، މުބާރާތް ކުޅޭނީ ލީގު ބުރަކާ އެކުގައެވެ. ލީގު ބުރު ނިމޭ އިރު، އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލަށް ދާނެއެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ހޯސްޓް ކުރާ ގައުމު ރާއްޖެއިން ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ. މެޗު ފަށާނީ 21:00 ގައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page