”ލައްކަ“ ޝިފާ މަންމައަށް ކުރި ޕުރޮމިސް އާއެއްކޮށް އެޅި ބުރުގާ ކޮބާ؟
- މާހިރު މުޙައްމަދު
- Aug 24, 2021
- 1 min read

ޓިކްޓޮކްގައި ފިޔަޖަހަމުން އަންނަ މަޝްހޫރު ބަތަލާ މަރްޔަމް ޝިފާ މަންމައަށް ކުރި ޕުރޮމިސް އާއެއްކޮށް އެޅި ބުރުގާ ނަގައިފިއެވެ.
ޝިފާ ބުރުގާ އެޅިކަން އިޢުލާންކޮށްފައި ވަނީ ފާއިތުވި ޖުލައިމަހުގެ ތެރޭގައި އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ކުރި ޕޯސްޓެއްގައެވެ.
ބުރުގާ އެޅުމަށް ފަހު ބައެއް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޝިފާ ބުނީ، އޭނާ ބުރުގާ އަޅަން ވިސްނާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މީގެ ކުރިން ވެސް ބުރުގާ އަޅާފައިވާނެ ކަމަށެވެ. އަދި މިފަހަރު ބުރުގާ އަޅަން ނިއްމީ މަންމަ އެކަމަށް ވަރަށް ބޭނުންވާތީ ކަމަށް ވެސް ޝިޕާ ބުނެފައިވެއެވެ.
މީގެ އިތުރުން ޝިޕާ ބުނީ، ބުރުގާ އެޅި ނަމަވެސް، އޭނާ ކުރަމުން އަންނަ ކަންކަމަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށާއި ބުރުގާ އަޅަން ވިސްނައިދެމުން މަންމަ ވެސް ޝިފާ ބުރުގާ އެޅިޔަސް ކުރާ މަސައްކަތައް ބުރުނާރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަ ވެސް ޝިފާ މިހާރު ވަނީ ބުރުގާ ނަގާފައެވެ. ޝިފާ ބުރުގާ ނެގިކަން ހާމަކުރީ ”ސަންގު އީ“ ޗެނަލްއިން ގެނެސްދޭ ”ޓިއުސްޑޭ ނައިޓް ވިތު ޝިފާ“ ޕްރޮގްރާމުގެ ޓްރެއިލާގައެވެ.
ޝިފާ ބުރުގާ ނެގީ ވަކި ކޮން ސަބަބަކާހުރެ ކަމެއް އަދި ސާފެއްނޫނެވެ. ”ޓިއުސްޑޭ ނައިޓް ވިތު ޝިފާ“ މިރޭގެ ޕްރޮގްރާމުގައި ޝިފާ މިކަމަށް އަލިއަޅުވައިލާނެ ކަމަށް ބެލެވެއެވެ.
ޝިފާ ފިލްމީ ދާއިރާއަށް ނިކުމެފައި ވަނީ، ފިލްމު ”ދެވަންސޫރަ“ އިންނެވެ.








Comments