https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ލާދީނީ ބޮންޑޭއާއި ފަލާހު މިސްކިތް މައްސަލަ ނުބަލަން ވޯޓު ދީފި

  • މާހިރު މުޙައްމަދު
  • Jun 24, 2021
  • 1 min read


މިސްކިތްތަކުގެ ހުރުމަތް ކަނޑާތީ އެކަން ހުއްޓުވައި މިސްކިތްތައް ބެލެހެއްޓުން އިތުރު ކުރަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިއްޔެ ހުށަހެޅުއްވި މައްސަލަ ބަލައި ނުގަންނަން ވޯޓު ދެއްވީ އެމްޑީޕީގެ ދެ މެންބަރުން ނެވެ.


އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 31 މެމްބަރަކު ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ވެސް ދެ މެންބަރަކު ތިއްބެވި އެވެ.


ނުފެންނަ ކަމަށް ވޯޓު ދެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި އަދި މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒާއި އަދި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަނެވެ. އާދަމް ޝަރީފް މައްސަލަ ހުށަހަޅުއްވާފައި މިވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގަ އެވެ. އަދި ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި އަވަގުރާނަ ގޮވައި، މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށެވެ. މިސްކިތްތަކުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ކޮވިޑާ ގުޅިގެން މިސްކިތްތައް ބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި ބައެއް މީހުން މިސްކިތްތަކުގެ ގަދަރާއި ހުރުމަތް ކެނޑޭފަދަ ވިޔާ ނުދާ، ދީނާ ހިލާފު އަމަލުތައް ހިންގަމުންދާ ކަމަށެވެ. ހަމަ އެހެންމެ މިސްކިތަތްތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އެތަނުގައި ނިދާ ކާބޮއި ހަދަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްގައި ވެސް ވިދާޅުވި އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page