https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކުޑަފަރީ ސްކޫލްގެ އިސްލާމް މުދައްރިސް ވަޒީފާއިން ވަކިކޮށްފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 4, 2021
  • 1 min read

މި އަހަރުގެ ފެބުރުއަރީމަހުގެ 16 ވަނަ ދުވަހުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު( ވައްޑެ) މަރައިލަންޖެހޭކަމަށް ނ.ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުޙައްމަދު އަޝްރަފް ބުނުމުން މުދައްރިސް ވަޒީފާއިން ވަކިކޮށްފިއެވެ.


ވައްޑެއަކީ މަރައިލަންޖެހޭ މީހެއް ކަމަށް އަޝްރަފް ބުނީ، ރައީސް އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި މަރަށް މަރު ހިފުމަށް ލީތަލް އިންޖެކްޝަން ބޭނުންކުރަން ކެބިނެޓްގައި މަޝްވަރާކުރިކަން ފާހަގަކުރައްވައި ވައްޑެ އެކަމަށް ފާޑު ވިދާޅުވުމާއި ގުޅިގެންނެވެ.


އެ މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެން އެޑިއުކޭޝަނުން އަޝްރަފް 30 ދުވަހަށް ސަސްޕެންޑްކުރީ މެއި 9 ވަނަ ދުވަހުއެވެ.


ސަސްޕެންޝަނަށް 2 މަހަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، ސިވިލް ސާރވިސް ކޮމިޝަނުން އޭނާ ވަޒީފާއިން ވަކިކުރީ އިއްޔެއެވެ. 


އަޝްރަފް ވަޒީފާއިން ވަކިކުރީ އެޑިއުކޭޝަނުން އެ މައްސަލައި ބަލައި ނިންމުމަށް ފަހު އޭނާ ވަކިކުރަން ސިވިލް ސާރވިސް ކޮމިޝަނުން އެދުމުންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page