ކޮއްކޮއަށް ޖިންސީ ގޯނާކުރުމުން ފިލްމީ ތަރި ޖުމައްޔިލް މާދަމާ ކޯޓަށް ހާޒިރު ކުރަނީ
- ޙުސައިން އަޙުމަދު

- Aug 24, 2021
- 1 min read

ފިލްމީ ތަރި ޖުމައްޔިލް ނިމާލުގެ މައްޗަށް އުފުލާފައިވާ، ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދަޢުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ، މާދަމާ މެންދުރުފަހު 14:00 އަށެވެ.
ޖުމައްޔިލުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ހ)އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދަޢުވާއުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ ފެބްރުއަރީ 25 ވަނަ ދުވަހުގައެވެ.
ޖުމައްޔިލުގެ މައްޗަށް ދަޢުވާ އުފުލީ އޭނާގެ ދެބެންގެދެދަރި އަންހެން ކޮއްކޮއަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައިގައެވެ.
ޖުމައްޔިލު ޖިންސީ ގޯނާކުރިކަމަށް ބުނެ އޭނާގެ ދެބެންގެދެދަރި ކުއްޖަކު ވަނީ، އެ ވާހަކަ ޓްވިޓާރގައި ކިޔައިދީފައެެވެ. އޭނާ ބުނި ގޮތުގައި އެކަން ހިނގީ އޭނާގެ ޢުމުރުން 17 އަހަރުގައެވެ. ޒަހޫގެ ނަމުގައި ޓުވިޓާރގައި ހުޅުވާފައިވާ އެ އެކައުންޓުން ބުނި ގޮތުގައި އެކަން ހިނގީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.








Comments