ކަންކަން އިސްލާހުކުރުމުގެ ނިޔަތުގައި އަބުރާއި، ޝަރަފު ނަގައިލުމުން ފަސާދަ އާންމުވެދާނެ- ޚުޠުބާ
- މާހިރު މުޙައްމަދު
- Oct 1, 2021
- 0 min read

ކަންކަން އިސްލާހުކުރުމުގެ ނިޔަތުގައި އެއްބަޔަކު އަނެއް ބައެއްގެ އަބުރާއި، ޝަރަފު ނަގައިލުމަކީ ބިމުގައި ފަސާދަ އާންމުވެދާނެކަމެއްކަމަށް މިއަދުގެ ހުުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މުސްލިމުން ވާންވާނީ އަަބަދުވެސް އިސްލާހަށާއި ސުލްހައަށް މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ. އަދި ކަންކަން އިސްލާހުކުރުމުގެ ނިޔަތުގައި ނަމަވެސް، އެއްބަޔަކު އަނެއް ބައެއްގެ އަބުރާއި، ޝަރަފު ނަގައިލައި ސިއްރުތައް ހާމަކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެކަމެއްކަމަށް ވެސް ޚުޠުބާގައި މިއަދުގެ ޚުޠުބާގައި ވިދާޅުވިިިިިިިިިިިިިިއެވެ.
”ޤައުމެއްގައި އޮންނަ އެކުވެރިކަމާއި، އުޚުވަތްތެރިކަމުގެ ފޭރާން ވީދި، ޤައުމު ބައިބައިވެއްޖެނަމަ، ދެން އަލުން ކުރީގެ ހާލަތަށް އެނބުރި ދިއުމީ އުނދަގޫކަމަކަށް ނޫނީ ނުވާނެ.“ ޚުޠުބާގައި ވިދާޅުވިއެވެ. ޚުޠުބާގައި ވަނީ، ދުނިޔޭގެ ކަންކޮޅުތަކުގައި އަބަދުވެސް ލޭއޮހޮރުވުމާއި، ބައިބައިވުމާއި، ދެކޮޅުވެރި ޢަމަލުތައް ހިނގަމުންދާކަން ފާހަގަކުރައްވައިފައެވެ. އޭގެތެރޭގައި ސިޔާސީ ފިތުނަތަކާއި، މަގާމާއި، ނުފޫޒާއި، ޖާހަށްޓަކައި ހަނގުރާމަކުރާކަމާއި، އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައިފައެވެ. ކަންމިހެން ހުރިއިރު މިފަދަ ފިތުނަވެރިކަމެއްގެ ތެރެއަށް ދުނިޔެ ވަންނަ ކޮންމެ ދުވަސްވަރެއްގައި، ރާއްޖެފަަދަ ކުދި ޖަޒީރާތަކަށް އެ ކަންކަމުގެ އަސަރުފޯރިޔަ ނުދިނުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަންޖެހޭކަން ވެސް ފާހަގަކުރައްވައިފައިވެއެވެ. އެހެންނޫންނަނަ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި، ފުނޑުފުނޑުވެ، ނޭނގި ތިއްބައި އިސާހިތަކު ޤައުމުގެ އެއްބައިވަންތަކަމާއި، ކުރިއެރުމާއި، އިގުތިސާދު ހަލާކުވެގެން ހިނގައިދާނެކަން ވެސް ފާހަގަކުރައްވައިފައިވެއެވެ.








Comments