ކަޅު ބާޒާރުގައި ދިވެހިންނާއި، ބަންގްލަދޭޝް މީހުން ބޮޑު އަގުގައި ޓިކެޓު ވިއްކަންފައިފި
- މާހިރު މުޙައްމަދު
- Oct 6, 2021
- 0 min read

އޫރިދޫ ސާފް ޗެމްޕިއަންޝިޕްގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާއި ބަންގްލަދޭޝް ބައްދުލު ކުރާ މެޗުގެ ޓިކެޓު ވިކި ހުސްވެއްޖެއެވެ.
ޓިކެޓު ވިއްކަން މިއަދު ފެށުމާއެކު ގިނަބަޔަކު ކިއުގައި ޖެހިފައި ވާކަމަށާއި، މިމެޗަށް ވިއްކާފައި ވަނީ، 5000 ޓިކެޓު ކަމަށެވެ. އަދި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކާފައި ވަނީ، 350 ޓިކެޓު ކަމަށާއި، އެޓިކެޓުތައް މެންދުރު ކުރިން ވިކި ހުސްވެފައި ވާކަމަށް އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ.
ރާއްޖެއާއި ބަންގްލަދޭޝް ބައްދުލު ކުރާ މެޗުގެ ޓިކެޓު ވިކި ހުސްވެފައި ވާއިރު، ކަޅު ބާޒާރުގައި ދިވެހިންނާއި، ބަންގްލަދޭޝް މީހުން ދަނީ، ބޮޑު އަގުގައި ޓިކެޓު ވިއްކަމުންނެވެ. ކަޅު ބާޒާރުގައި އެމެޗުގެ ޓިކެޓެއް ވިއްކަމުން ދަނީ، 350 ރުފިޔާ އާއި 750 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ.
ކަޅު ބާޒާރުގައި ޓިކެޓު ވިއްކަމުންދާ މައްސަލައާއި ގުޅިގެން އެފްއޭއިމްން ބުނީ، ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާނެ ކަމަށާއި އެ ޤައުމުގެ ސަޕޯޓަރުންނަށް ދޫކުރީ އެ ސަރަހައްދުގައި ތިބެންޖެހޭނެ ކަން ލިޔެފައިވާ ޓިކެޓުތައް ކަމަށެވެ. އަދި އެހެން ޒޯނުތަކުގައި ތިބޭނީ ދިވެހިން ކަމަށާއި އެ ޒޯންތަކަށް އެއްވެސް ބިދޭސީއަކަށް ނުވަދެވޭނެ ކަމަށެވެ.








Comments