އިސްލާމްދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތައް ހުއްޓުވަން މަޝްވަރާ ކުރައްވައިފި
- މާހިރު މުޙައްމަދު
- Aug 23, 2021
- 1 min read

އިސްލާމްދީނުގެ ނަމުގައި ހިންގާ، ދީނާއި ދެކޮޅު ފިކުރުތަކާއި، ޢަމަލުތައް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރާއި، ހޯމް މިނިސްޓަރު އިމްރާނާއި، ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ވަނީ، އިސްލާމްދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތަކާއި، އިސްލާމީ އަދި އަޚްލާޤީ މިންގަނޑުން ބޭރު ޢަމަލުތަކާއި، އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމަޢުގައި ފެތުރެމުން އަންނާތީ، މަޝްވަރާކުރައްވާފައެވެ. ހަމައެހެންމެ އެފަދަ ކަންކަން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއިރު، ޤާނޫނީ ބާރު ލިބިގެން އެފަދަ މައްސަލަތައް ހައްލުކުރުމަށާއި، ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރަން ވެސް މަޝްވަރާކުރެއްވިއެވެ.








Comments