https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމަށް ލޯބިނުކުރާ ބަޔަކު މިނިވަން ދުވަސް ފާހަގަކުރަން ޖެހޭތޯ؟

  • Writer: Goal mv
    Goal mv
  • Jul 26, 2021
  • 2 min read


މިއަދަކީ އިނގިރޭސިންގެ އަޅުވެތި ކަމުން މި ކުޑަކުޑަ ދިވެހިރާއްޖެ އޮތުމަށް ފަހު ފުރިހަމަ ސިޔާސީ މިނިވަންކަން މި ޤައުމަށް ލިބެނުދުވަސް ކަމެވެ. މި ޤައުމުގައި މިނިވަން ދުވަސް ފާހަގަ ކުރަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހަކީ ފުރިހަމަ މިނިވަން ޤައުމެއްގެ ފަހުރާއި ނަސީބު މާތްﷲ ދެއްވި ދުވަހަށް ވީމައެވެ. ނަމަވެސް 26 ޖުލައި 1965 އެއީ ފުރަތަމަ މިނިވަން ދުވަސްކަމުގައި ވާނަމަ، މިއަދު މި ފާހަގަކުރަމުން މިދަނީ، 56 ވަނަ އުފާވެރި މިނިވަން ދުވަހެވެ.



ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުއްއައްވަލް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ދިވެހިން ތިބީ އެރު ދުނިޔޭގައި އެންމެ ބާރުއޮތް ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުގައެވެ. ދިވެހި ތަޚުތުގައި އިންނެވި އައްސުލްތާނު ޢަލީ 6 ވަނަ ރަސްގެފާނު ޝަހީދު ކޮށްލުމަށް ފަހު ޕޯޗުގީޒުން ރާއްޖެ ވެރިކަން ރާއްޖޭގައި ހިންގިއެވެ. ދިވެހިން ޕޯޗުގީޒުންގެ އަނިޔާތަކުން ސަލާމަތް ކުރެއްވީ އުތީމު ތިން ބެއިން މުޙައްމަދު ތަކުރުފާނު، ޙަސަން ތަކުރުފާނު، ޢަލީ ތަކުރުފާނު އަދި ޙާޖީ ދެ ބެއިން ޙަސަން ޙާޖީ، ޢަލީ ޙާޖީގެ އިތުރުން ދުވާފަރު ދަންޑަހޭލާއި އަދިވެސް އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމަށް ލޯބިކުރާ ދިވެހި ދަރިންގެ މިންނެތް ބުރަ މަސައްކަތުންނެވެ.


މިއަދު އަޅުގަނޑުމެން ދިވެހިން މިނިވަންކަންމަތީ މި ތިބީ ޖާނާއި މާލުން ޤުރުބާންވެ ދީނާއި ޤައުމަށްޓަކައި އެތައް ދިވެހި ދަރިންނެތް ޝަޙީދުވެ މި ޤައުމުގެ ފަސްގަނޑަށް ލޭ ވެސް އޮހޮރުވައި ކުރެއްވި ބުރަ މަސައްކަތުންނެވެ. މި ޤައުމީ ބަޠަލުންގެ ކުރެއްވި މިންނަތް މަސައްކަތުން މިއަދު ދިވެހިރާއްޖެއަކީ މިނިވަން ޤައުމެކެވެ.


ޒަމާނުއްސުރެ ދިވެހީންގެ ދާޚިލީ ކަންކަމުގައި މަލާބާރިންގެ އެހީތެރިކަން ދިވެހިން ހޯދާފައިވާކަން ތާރީޙުން އެނގެއެވެ. މީލާދީން 1494 ވަނަ އަހަރުގައި ދިވެހި އުފެއްދުންތަކާއި ވިޔަފާރީގެ 'ކޮންޓްރޯލް' މާލާބާރި ވިޔަފާވެރިއެއް ކަމަށްވާ ކަންނަންނޫރުގެ ޢަލީ ރާޖާއަށް ރާއްޖޭގެ ތަޚުތުގައި އިންނެވި ކަޅު މުޙައްމަދު ރަސްގެފާނު ދިނެވެ. ނަމަވެސް އިސްކަންދަރު ރަސްގެފާނު ޢަލީ ރާޖާގެ 'ކޮންޓްރޯލް' އަތުލުމުން ޢަލީ ރާޖާއާއި މަލާބާރީން ދިވެހިންނަށް އެތައް ގެއްލުމެއް ދިނުމަށް ފަހު މީލާދީން 1641 ވަނަ އަހަރު ދިވެހިރާއްޖެ އަޅުވެތިކުރިއެވެ. ދިވެހިން ތިން މަސް ދުވަހު އަޅުވެތިކަމުގައި ވޭތުކުރުމަށް ފަހު މާލާބާރީންގެ އަޅުވެތިކަމުން މިނިވަންވީ ދޮން ބަންޑާރައިންގެ މަސައްކަތުންނެވެ. އެއަށް ފަހުގައި ވެސް މަލާބާރީންގެ އުނދަގޫތަކާ ދިވެހިން ކުރިމަތިލާން ޖެހުނުކަމުގައި ނިޔަސް އެއިން ކޮންމެ ފަހަރަކުވެސް ދިވެހި ދަރިން ކުރެއްވި މަސައްކަތުން ދިވެހިންނަށް ނަޞްރު ލިބިގެން ދިޔައެވެ.


1887ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16ވަނަ ދުވަހާއި 23ވަނަ ދުވަހު ދިވެހިރާއްޖޭގެ އެރު ހުރި ރަސްގެފާނު އައްޞުލްޠާން މުޙައްމަދު މުޢީނުއްދީނާއި އިނގިރޭސި ރާނީ ވިކްޓޯރިއާގެ ބަދަލުގައި ސްރީ ލަންކާގައި ހުންނެވި އިނގިރޭސި ގަވަނަރާ ދެމެދު ކުރެވުނު މުއާހަދާއަށް ފަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިން ދިޔައެވެ. އެދުވަހުން ފެށިގެން ސިޔާސީ ގޮތުން ދިވެހިން އިނގިރޭސިންގެ އަޅުވެތި ކަމަށް ދިޔައެވެ.


އެކަމާއި ގުޅިގެން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 1965ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ދިވެހިންނާއި އިނގިރޭސިންނާ ދެމެދުވެފައިވާ އެއްބަސްވުން އޮވާލިއެވެ. ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައި ކޮމިޝަނަރު މައިކަލް ވޯކަރ ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އެއްބަސްވެ ލިޔުމުގައި ސޮއިކުރިއެވެ. ރާއްޖޭގެ ފަރާތުން މި ތާރީޚީ ލިޔުމުގައި ސޮއިކުރެއްވީ ބޮޑު ވަޒީރު އަލްމަރުޚޫމް އަލްފާޟިލް އިބްރާހިމް ނާސިރެވެ. ދިވެހިންނަކީ އޭގެފަހުން މިއަދާ ހަމައަށް ސިޔާސީ ގޮތުން މިނިވަން ބަޔެކެވެ.


56 ވަނަ މިނިވަންކަން ފާހަގަ ކުރަމުން ދާއިރު ދެންއުފެދޭ ސުވާލަކީ ދިވެންނަކީ ޙަޤީޤަތުގައި ވެސް މިނިވަންކަންމަތީ ތިބި ބައެއްތޯއެވެ؟ މިނިވަންކަން ފާހަގަކުރަންޖެހޭނެ ބައެއް ތޯ؟ އަޅުގަނޑުމެން ދިވެންނަކީ މިނިވަންބަޔެއް ނޫނެވެ.


ދިވެހިންގެ ތެރޭގައި އޮތް ޞުލްޙަ މަސްލަހަތު ވެސް އިތުރުވަމުންދާ ކުށްތަކާއެކު ގެއްލުނީއެވެ. މިއާއެކު މިނިވަންކަން ވެސް ގެއްލުނީއެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމާއި ބަސް ބުނުމުގެ މިނިވަންކަން ގެއްލިއްޖެއެވެ. އަމިއްލަ މުދަލާއި އަމިއްލަ ނަފުސުގެ މިނިވަންކަމެއް ނެތެވެ. މާދަމާ އަހަރެމެން ގެ ބޯމަތިން އަވަޓެރި ޤައުމުގެ ބޮންއަޅާ ބޯޓު އައިސް ބޮންއަޅައި މި ކުޑަކުޑަ ޖަޒީރާ ޤައުމު އަޅުވެތި ކުރާކަށް ސުކުންތެއް ވެސް ނުނަގާނެއެވެ. މާޒީގައި ދިވެހިންނަށް ލިބުނު ފަދަ ބަޠަލުންތަކެއް މި ޤައުމަށް ބޭނުންވެއްޖެއެވެ. އަޅުވެތިކަމުން ދިވެހިން މިނިވަންވުމަށް އަލުން މަސައްކަތްކުރަން ޖެހިއްޖެއެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page