https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިންޑިއާއިން ގުރުއާން ޓީޗަރުން ގެނެސް ކިޔަވައިދޭ އުޅުން ފޮތުގައި ޤުރުއާންގެ އާޔަތް ނުބައިކޮށް

  • މާހިރު މުޙައްމަދު
  • Sep 4, 2021
  • 1 min read

ގުރޭޑް އެކެއްގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ސަމާލުކަމަށް ގެނެސްފިއެވެ.


ނުބައިކޮށް ލިޔެފައިވަނީ ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދު ތެރެއިންނެވެ. އެހިސާބުން އެ ސޫރަތުގެ ތެރެއަށް ވަދެފައިވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލު ކަމަށް ގެނެސްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެމަނިކުފާނު ވިދާޅުވީ ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިއާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްބާން ފަހުމީ ކަމަށެވެ. "މިކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރު،" ޑރ. ޝަހީމްގެ ޓްވީޓުގައިވެ އެވެ. ޝަހީމް ވަނީ އެ މައްސަލަ އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްދެއްވީތީ އަބްރަމްގެ ބެލެނިވެރިންނަށާއި އަބްރަމްގެ ބޭބެ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހްމީ އަށް ވެސް ޝުކުރު ދަންނަވާފަ އެވެ. މިމައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގުރޭޑް އެކެއްގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް އޮތް މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ސްކޫލުތަކާއި ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލަ ހާމަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ދީނީ އިލްމުވެރިން ގެންދަވަނީ އެ ފޮތްތައް ދަރިވަރުންގެ އަތުން ނެގުމަށްފަހު އެކަން ރަނގަޅުކުރުމަށް އެދިވަޑައިގަންނަވަމުންނެެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page