https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިންޑިޔާ އިން ރާއްޖެ ބަލިކޮށް ފައިނަލަށް

  • މާހިރު މުޙައްމަދު
  • Oct 14, 2021
  • 1 min read

ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗުން 3-1 ގެ ނަތީޖާއަކުން ރާއްޖެ މައްޗަށް ކުރިހޯދާ އިންޑިޔާ އިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.


މި މެޗު އިންޑިއާއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އަދި ވަރަށް ބޮޑަށް ކުރިޔަށް ޖެހިލާ ރާއްޖޭގެ ޑިފެންސްލައިނަށް ބާރުބޮޑުވާނެ ގޮތަކަށް ވިސްނައިގެންނެވެ. އިންޑިއާއިން ފުރަތަމަ ލީޑު ނެގީ މެޗުގެ 33 ވަނަ މިނިޓުގަ އެވެ. ބްރެންޑޮން ޖައްސާލި ބޯޅަ ހިފައިގެން މަންވީރު ސިންގް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ރާއްޖެއަަށް ޕެނަލްޓީއެއް ލިބުނެވެ. އޭރިއާ ތެރެއިން ހަމްޒާ މުހައްމަަދު އަށް އިންޑިއާގެ ފަހަތުން ޕްރިތަމް ކޮޓާލް ކުރި ފައުލަކާއި ގުޅިގެން ރާއްޖެއަށް ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ގޯލަށް ވައްދާލީ އަޝްފާގްއެވެ. އިންޑިއާ އިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ 62 ވަނަ މިނިޓުގަ އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް މަންވީރު ސިންގް މެއިން ކޮންޓްރޯލް ކޮށްލިއިރު ލިބުނީ އޭރިއާތެރޭގައި ހުހަށް ހުރި ސުނިލް ޗެތުރީ އަށެވެ. އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެތެރެއަށް ވައްދާލައިފައެވެ. އިންޑިޔާ އިން ވަނީ މެޗުގެ 71 ވަނަ މިނިޓްގައި 3 ވަނަ ގޯލް ޖަހައިފަ އެވެ. ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ޗެތުރީ ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.


މި މެޗުގައި އިންޑިއާގެ ކޯޗު، އިގޯ ސްޓިމަކް އަށް ރަތް ކާޑެއް ވަނީ ދައްކައިފިއެވެ. މެޗު ނިމެން ކާރިވެފައި ވަނިކޮށް، އިންޑިއާގެ ކޯޗަށް ރަތް ކާޑެއް ދައްކާފައި ވަނީ ދެ ރީނދޫ ކާޑު ހަމަވެގެންނެވެ. މިމެޗުގެ ތެރެއިން އިންޑިއާގެ ކޯޗަށް ރަތް ކާޑެއް ދައްކާފައިވާއިރު، އޭނާއަށް ކާޑު ދައްކާފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އާއްމު ގޮތެއްގައި ކޯޗަށް ކާޑު ދައްކާނީ ރެފްރީންގެ އެންގުންތަކަށް ތަބާ ނުވެގެންނެވެ.

އިގޯ ސްޓިމަކްގެ އިތުރުން އެޓީމުގެ ކުޅުންތެރިއަކަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އަދި ޓީމުގެ އެސިސްޓެންޓް ކޯޗަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page