https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިންޑިޔާ އިން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި

  • މާހިރު މުޙައްމަދު
  • Oct 11, 2021
  • 1 min read

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި އިންޑިއާއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.


މިއީ އިންޑިޔާ އިން މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. މުޅި މެޗުގައި ވެސް، ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާތައް އުފެއްދީ އިންޑިއާ އިންނެވެ. މުޅި މެޗު ކަހަލަގޮތަކަށް ނޭޕާލް އިން ކުޅުނީ، ޑިފެންސިވް ގޭމެކެވެ. އެޓީމުން ބޮޑަށް ބެލީ ކައުންޓަރ އެޓޭކެއްގައި އިންޑިޔާގެ ގޯލަށް ނުރައްކާ ކުރެވޭތޯ އެވެ. އިންޑިއާއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފާރޫކުަ ބޮލުން ބޯޅަޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ސުނިލް ޗެތުރީ އައް ލިބުނު ބޯޅައިންނެވެ. މިރޭގެ މެޗުން މޮޅުވެ އިންޑިއާ އޮތީ ފަސް ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ. މިއަދު ހަވީރު ކުޅުން މެޗުން ނޭޕާލް ބަލިވުމުން ރާއްޖެ އަށް ވަނީ އެއް ވަނަ ލިބިފަ އެވެ. އެއީ ލަނޑުގެ ތަފާތުންނެވެ. ދެވަނައިގައި ނޭޕާލް ވެސް އޮތީ ހަ ޕޮއިންޓާއެކު އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page