ހުކުރު މިސްކިތުގައި ހިންދޫންގެ އަޤީދާގައި ހިމެނޭ ހަރަކާތްތަކެއްކޮށް، މިސްކިތުގެ ހުރުމަތް ކަނޑައިފި
- ޙުސައިން އަޙުމަދު

- Jul 22, 2021
- 1 min read

ޣައިރުދީނެއްގެ އަންހެނަކު މާލޭގެ ހުކުރު މިސްކިތުގައި ހިންދޫންގެ އަޤީދާގައި ހިމެނޭ ހަރަކާތްތަކެއްކޮށް، މިސްކިތުގެ ހުރުމަތް ކެނޑި މައްސަލަ ފެންމަތިވެއްޖެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މާލޭގެ ހުކުރު މިސްކިތުގައި، ހިންދޫ މީހުން ދީނީ އަޅުކަމެއްގެ ގޮތުގައި ބަލާ ޔޯގާގެތެރޭގައި ހިމެނޭ މެޑިޓޭޝަންގައި އިނީ، އިންޑިޔާ މީހުން އަޅާ ޒާތުގެ ދޯޕައްޓާ ހެދުމެއްގައި އިން ބިދޭސީ އަންހެނެކެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޑރ.ޖަމީލް ވިދާޅުވީ މިއީ ކުޑަކަމެއް ނޫން ކަމަށާއި، ބަޔަކު އަޑީގައި ތިބެގެން ކުރުވި ކަމަކަށްވުމީ ވެސް ދުރުކަމެއް ނޫން ކަމަށެވެ.
ހަމައެހެންމެ މަތިވެރި ރައްބުގެ ގެކޮޅަށް ފުރައްސާރަކުރާ މިފަދަ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
”މި ވެރިކަމުގައި ތަކުރާރު މިވަނީ އެކި ގޮތްގޮތުން އިސްލާމްދީނަށް ގޮންޖެހުން. މިއީ އިއްތިފާޤެއްނޫން. ހީލަތްތެރި ރޭވުމެއް.“ ޑރ.ޖަމީލް ވިދާޅުވިއެވެ.
ޑރ.ޖަމީލް މިހެން ވިދާޅުވިއިރު، އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެންގެ އިސްވެރިންނަށް ފިޔަވަޅު އެޅުމާމެދު މި ސަރުކާރު ނުކުޅެދިފައިވުމީ ފެންނާން އޮތް ބޮޑު ޙަޤީޤަތެކެވެ.








Comments