ޙިޖްރީ އައު އަހަރުގެ ހެޔޮ އެދުމާ ތަޙްނިޔާ ހިތުގެ ފުންމިނުން!
- Goal mv
- Aug 9, 2021
- 2 min read

މިއަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމުންނަށް ބޮޑު ދުވަހެކެވެ. ކޮންމެ އަހަރަކު ވެސް މުސްލިމުން އެ ދުވަހެއްގެ ހަނދާންތައް އާކުރާ ދުވަހެކެވެ.
އާދެ! މިއީ ޙިޖްރީ އާއު އަހަރަކަށް އަލިވިލުނު ދުވަހެވެ. މުޙައްރަންމަހުގެ 1 ވަނަ ދުވަހެވެ. 1443 ވަނަ އަހަރުގެ ފުރަތަމަ ދުވަހެވެ.
ޙިޖުރީ އާއަހަރު ގުޅެނީ، މިއުއްމަތުގެ މާތް ސާހިބާ ކީރިތި ރަސޫލާ މުޙައްމަދު ﷺ މައްކާ ދޫކުރައްވައި މަދީނާއަށް ޙިޖުރަކުރެއްވި ދުވަހުގެ މަތިވެރި ހަނދާންތަކާއެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ﷺ މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި އަދި ތާރީޚީ ޙިޖުރައިގެ ޙާދިޘާ މުސްލިމުންގެ ހިތްތަކުގައި އަބަދު ވެސް އާވެ އާލާވަމުން ދާނެއެވެ.
ތެދުތެދުތެދަށް ދަންނަވާނަމަ މިހާރަކަށް އައިސް އަހަރެއް އަންނަ އިރު އެކަމަށް ކިޔާ މަރުޙަބާއާއި އިސްތިޤްބާލުކުރާ ކުރުން މީލާދީ އައު އަހަރު އަހަރާ ބައްދަލުކުރާ ގޮތް ވަރަށް ތަފާތުވެއްޖެއެވެ. އެއް އަހަރުން އަނެއް އަހަރަށް މިކަން ފަންޑުވަމުން އެބަ ދެއެ ދެންނެވުމަކީ ތެދުން އެއްކިބާވުމެކޭ އަޅުގނޑުގެ ހިތަކަށް ނުވަދެއެވެ. މާފުކުރައްވާށެވެ. މިއީ އަޅުގަނޑަށް ފެންނަ މަންޒަރުތަކަށް ބަލާފައި ދެންމެވި އެއްޗެކެވެ. ކަންހުރީ މިހެން ކަމުގައި ވިޔަސް ޙިޖުރީ އައު އަހަރު ފެށޭ ދުވަހަކީ އަޅުގަނޑުމެން ފަދަ އިސްލާމުންނަށް ހާދަ މުހިންމު ދުވަހަހެކެވެ. އެއީ އެކަމާ ގުޅިގެން އިސްލާމީ ވެރިކަމެއްގެ ބިންގާ މަދީނާގައި އެޅުނު ދުވަހެވެ. ޒަމާންތަކުގެ ތެރެއިން މިދެންނެވި އިސްލާމީ ވެރިކަމާއި ޙަޟަރާތު އެހިސާބުން ފެތުރެމުން ފެތުރެމުން އައިސް މިއަދު މިވަނީ މި ކުޑަކުޑަ ދިވެހިރާއްޖޭއާ ހަމައަށް ވެސް އެ މާތް އިސްލާމް ދީން އައިސްފައެވެ. ދިވެހިރާއްޖޭގައި މި މާތް ދީނުގެ އަލިކަން ލިބިގަތީ ރާއްޖޭން ބޭރުން ދުރުވެންނެވި ސައްޔާޙެއްގެ ފަރާތުންނެވެ. އެބޭކަލަކަށް ސަވާބާއި ދަރުމަހުއްޓެވެ. އެފަދަ ބޭކަލެއް މެދުވެރިވެގެން އެ މާތް ދީނުގެ އަލިކަން އެ ޒަމާނުގައި މި ޤައުމަށް ނުފޯރިނަމަ އަދި ވެސް އަޅުގަނޑުމެން ތިބީހީ ޖާހިލުކަމުގެ ކަޅު އަނދިރިކަމުގެ ތެރޭގައެވެ. ތަނެއް ދޮރެއް ނޭނގިއެވެ. ޢިލްމީ ރޮގުން ވެސް ނޭނގުމެއްގެ ތެރޭގައެވެ. ފާހަގަ ކޮށްލަން ޖެހޭ އެންމެބޮޑު އެއްނުކުތާއަކީ އެރު މި ޤައުމުގައި ހުރި ރަދުން ދަރުމަވަންތަ ރަސްގެފާނު އިސްލާމް ދީން ޤަބޫލުކުރެއްވުމުގައި އަވަށްޓެރި ޤައުމުތަކުގެ ލަފަޔަކަށް ބަހަކަށް ބެލުމެއްނެތި އިސްލާމް ދީން ޤަބޫލު ކުރެއްވިކަމެވެ. އެ މާތް ދީން ދިވެހިރާއްޖެއަށް ގެނެސްދެއްވި ސައްޔާޙްގެ ބަސްފުޅު ހިތްޕުޅުގެ އަޑިން އެ ރަދުން ޤަބޫލުފުޅު ކުރައްވައި މި ޤައުމުގެ އެންމެހާއި ރައްޔިތުން އިސްލާމް ދީން ޤަބޫލުކުރުމަށް އެ ރަދުން އަމުރުފުޅު ކުރެއްވި ކަމެވެ. އެ ކަމަށްޓަކައި ދަރުމަވަންތަ ރަސްގެފާނަށް އެކަމުގެ ދަރުމައާއި ސަވާބު ދެއްވުން އެދި އަޅުގަނޑުމެން ހެޔޮ ދުޢާ ފަށްފަށް ކުރަންޖެހެއެވެ. ޒަމާންތަށް ވޭތުވަމުންދާ އިރު އަދި ދުވަސްތަށް ފާއިތުވަމުން ދިޔަދިޔަހެން އަޅުގަނޑުމެންނަށް ހާމަވަމުންދަނީ ދިވެހިންގެ ދިރިއުޅުމުގައި އިސްލާމްދީނަށް ދެވިފައިވާ މަތިވެރި މަޤާމެވެ. އާދެ! މިއަދު އަޅުގަނޑުމެން ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ މާތް އަލިކަން ކަމާމެދަކު އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ. އަޅުގަނޑުމެންނަށް މިއަދު އޮތް އެންމެ މުހިންމު އެންމެ ބޮޑު މައްސޫލިޔައްތަކީ މި މާތް އިސްލާމް ދީން ޙިމަޔާތްކޮށް ރައްކާތެރިކުރުމެވެ. ޙިޖުރީ އާއު އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ އަޚުންނާއި އުޚުތުންނަށް ދުވަހުގެ ތަޙްނިޔާ ފޮނުވަމެވެ. ހުރިހާ ގޮތަކުން އުފާ ފަގަތިކަމާއި ކަމިޔާބު އަހަރެއްގެ ގޮތުގައި 1443 ވަނަ ޙިޖުރީ އަހަރު މާތް ﷲ މިންވަރު ކުރެއްވުން އެދެމެވެ.








Comments