ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ ފަށައިފި
- މާހިރު މުޙައްމަދު
- Jun 26, 2021
- 1 min read

ނ. ހެނބަދޫ ކައުންސިލުން އެށުގެ ޒުވާނުންނަށް އަމާޒު ކޮށްގެން ބާއްވާ ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ މިރޭ ފަށައިފިއެވެ.

މުބާރާތް ކުރިއަށް ގެންދާނީ މުބާރާތް އިންތިޒާމު ކުރަން ހެނބަދޫ ކައުންސިލުން އެކުލަވާލާފައިވާ ކޮމެޓީ އަކުންނެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭ 8:30 ގައި ބާއްވާ މުބާރާތް ވަނީ ފަށާފަ އެވެ. މުބާރާތް ފަށައި ދިނީ ޗަމްސް ނިއު ޖެނެރޭޝަން އާއި އެމީގޯސްއެވެ.
ހެނބަދޫ ކައުންސިލް އިދާރާއިން ބުނީ ހެނބަދޫގައި ފުޓްސަލް ކުރި އެރުވުމަށާއި، ޒުވާނުންގެ މެދު އެއްބައިވަންތަކަން އާލާ ކުރަން މި މުބާރާތުން މަގު ފަހިފާނެ ކަމަށެވެ.
4 ޓީމު ބައިވެރިވި މި މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. މުބާރާތް ހަފްތާއަކަށް ކުރިއަށް ގެންދާނެއެވެ.

މުބާރާތުގައި ހޮވާ ވަނަތައް:
ޗެމްޕިއަން ޓީމު
ރަނައަޕް ޓީމު
ފެއާޕްލޭ ޓީމު
ފުޓްސަލް ކިންގު 2021 (މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ)
އެންމެ މޮޅު ފަސް ކުޅުންތެރިން
އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ
އެންމެ މޮޅު ކޯޗު
ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2021 ގައި ވަނަ ތަކަށް ހޮވޭ ފަރާތްތަކަށް ޓްރޮފީ އާއި ފައިސާގެ އިނާމު ދޭން ވަނީ ނިންމާފައެވެ.








Comments