https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތެއްގެ އާޔަތެއް ވެސް އޮތީ ނުބައިކޮށް

  • މާހިރު މުޙައްމަދު
  • Sep 5, 2021
  • 1 min read

ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތެއްގެ އާޔަތެއް ވެސް އޮތީ ނުބައިކޮށްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.


ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް ކަމަށެވެ. އެ ގޮތުން އަވަސް ފުރުސަތެއްގައި މި ކަންކަން ރަނގަޅު ކުރައްވަންޖެހޭކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ. ގުރޭޑް 01 ގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލައެއް ވެސް ފެންމަތިވީ މިއަދުގައެވެ. އެ ގޮތުންއެ ފޮތުގެ 64 ވަނަ ސޮފުހާގައި ލިޔެފައިވާ ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދުތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެފައެވެ. އެ ހިސާބުން ފެށިގެން 31 ވަނަ އާޔަތާއި ހަމައަށް އޮތީ ނާޒިޢާތު ސޫރަތުގެ 08 ވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތުގެ ނިޔަލަށެވެ. މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގުރޭޑް 01 ގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަން ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ފަށާފައިވާ ކަމަށެވެ. އެ ގޮތުން މައްސަލަ ޖެހިފައިވާ ސޮފުހާ ބަދަލުކުރުމަށް އަމަލުކުރަންޖެހޭ ގޮތް ސްކޫލުތަކާއި ހިއްސާކޮށް، ސްކޫލުތަކުން ބެލެނިވެރިންނަށް އަންގަމުންދާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page