https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ގްރޭޑް 10 ގެ އިސްލާމް ފޮތާއި، ގުރޭޑް 02 ގެ ޤުރުއާން ފޮތުގައި ވެސް މައްސަލަތަކެއް

  • މާހިރު މުޙައްމަދު
  • Sep 5, 2021
  • 1 min read

ގްރޭޑް 10 ގެ އިސްލާމް ފޮތުގައްޔާއި، ގުރޭޑް 02 ގެ ޤުރުއާން ފޮތުގައި ބައެއް މައްސަލަތައް ހުރިކަން ހާމަވެއްޖެއެވެ.


ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވީ، ގްރޭޑް 10 ގެ އިސްލާމް ފޮތުގައި ވެސް ކީރިތި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް އެބައޮތް ކަމަށާއި، އެއީ އަލްމާއިދާ ސޫރަތުގެ 3 ވަނަ އާޔަތް ކަމަށެވެ. ހަމައެހެންމެ ގުރޭޑް 02 ގެ ޤުރުއާން ފޮތުގައި ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތުގެ ފުރަތަމަ ލަފްޒު އުނިވެފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. މި މައްސަލަތައް ފާހަގަކުރެވިފައިވާއިރު، ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތެއްގެ އާޔަތެއް ވެސް އޮތީ ނުބައިކޮށްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އެ ގޮތުން ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް ކަމަށާއި، އަވަސް ފުރުސަތެއްގައި މި ކަންކަން ރަނގަޅު ކުރައްވަންޖެހޭކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ގުރޭޑް 01 ގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ ގޮތުން އެ ފޮތުގެ 64 ވަނަ ސޮފުހާގައި ލިޔެފައިވާ ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދުތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެފައެވެ. އެ ހިސާބުން ފެށިގެން 31 ވަނަ އާޔަތާއި ހަމައަށް އޮތީ ނާޒިޢާތު ސޫރަތުގެ 08 ވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތުގެ ނިޔަލަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page