ގުރޭޑް 1 ގެ ޤުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލަ ބަލަން ފަށައިފި
- މާހިރު މުޙައްމަދު
- Sep 4, 2021
- 1 min read

ގުރޭޑް 01 ގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި، 2 ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަން ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަނުން މިއަދު ބުނީ، ގުރޭޑް 01 ގެ ދަރިވަރުންގެ ޤުރުއާން ފޮތް ޕްރިންޓްކުރިއިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަން ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލުކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ގޮތުން މައްސަލަ ޖެހިފައިވާ ސޮފުހާ ބަދަލުކުރުމަށް، އަމަލުކުރަންޖެހޭ ގޮތް ސްކޫލުތަކާއި ހިއްސާކޮށް ސްކޫލުތަކުން ބެލެނިވެރިންނަށް އަންގަމުންދާނެ ކަމަށެވެ.
މި ފޮތްތަކަކީ ޕްރިންޓް ކުރުމުގެ ކުރިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުނާއި، އިސްލާމިކް މިނިސްޓްރީން ޗެކްކޮށްފައިވާ ފޮތްތަކެއް ކަމަށާއި، މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ގުރޭޑް 01 ޤުރުއާން ފޮތުގެ 64 ވަނަ ސޮފުހާގައި ވަނީ، ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދުތެރެއިން ފެށިގެން ނުބައިކޮށް ލިޔެފައެވެ. އެ ހިސާބުން ފެށިގެން 31 ވަނަ އާޔަތާއި ހަމައަށް އޮތީ ނާޒިޢާތު ސޫރަތުގެ 08 ވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތުގެ ނިޔަލަށެވެ.








Comments