ފުރަތަމަ ފަހަރަށް ޗައިނާއިން ރާއްޖެއަށް އަންހެން ސަފީރަކު ހަމަޖައްސަވައިފި
- މާހިރު މުޙައްމަދު
- Aug 22, 2021
- 1 min read

ޗައިނާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް އަންހެން ސަފީރަކު ހަމަޖައްސަވައިފިއެވެ.
ޗައިނާއިން ރާއްޖެއަށް އައު ސަފީރަކު ހަމަޖައްސާފައި މި ވަނީ، މީގެ ކުރިން ސަފީރުކަމުގައި ހުންނެވި ޖަންގް ލިޖޮންގްގެ ދައުރު ހަމަވިތާ 4 މަސް ފަހުންނެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ ވާން ލިޖިން އެވެ. އެހެން ނަމަވެސް ސަފީރުކަމުގެ ފަތްކޮޅު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އަރުވައިފައެއް ނުވެއެވެ.
ރޭގެ ވަގުތެެއްގައި ވާން ލިޖިން ރާއްޖެ ވަޑައިގަންނަވާފައިވާއިރު، އެ ކަމަނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ފައިޞަލްގެ އިތުރުން ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލް އަޙްމަދު މުޖުތަބާއެވެ.
އައު ސަފީރު ވާން ލިޖިން ވިދާޅުވި ގޮތުގައި ޗައިނާއިން ރާއްޖެއަށް ކަނޑަައަޅުއްވަ ސަފީރުގެ ގޮތުގައި ހަމަޖެއްސެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެ ގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާން މަސައްކަތް ކުރައްވާނެ ކަމަށެވެ.








Comments