ފުޓްސަލް ކުޅުންތެރިޔާ މުއްކި ހައްޔަރުކޮށްފި
- ޙުސައިން އަޙުމަދު

- Aug 3, 2021
- 1 min read

މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އިބްރާހިމް މުބީން އަޙްމަދު ރަޝީދު (މުއްކި) ހައްޔަރުކޮށްފިއެވެ.
މުއްކި ހައްޔަރުކުރީ މާފުށީގައި ހިންގި މާރާމާރީއަކާއި ގުޅިގެން އެ ރަށުންނެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު މާފުށީގައި މާރާމާރީއެއް ހިނގާފައިވާ މައްސަލައެއް އެރޭގެ ދަންވަރު 1:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ ޢުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މިއަދު ބުނެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ދީފައިވާ ކަމަށާއި ނަމަވެސް އެ ކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ޤައުމީ ޓީމަށް ކުޅުނު މުއްކިއަކީ ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިއެކެވެ. ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ފަރާތެކެވެ.








Comments