ފޯރިއާއެކު ރޮނާލްޑޯގެ ރާއްޖޭގެ ސަޕޯޓަރުން ދަ ޑެކްގައި މިރޭގެ މެޗް ބެލުމުގައި
- މާހިރު މުޙައްމަދު
- Sep 11, 2021
- 1 min read

ޕްރިމިއާ ލީގުގައި މިރޭ، ނިއު ކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުބެލުމަށް ރޮނާލްޑޯގެ ރާއްޖޭގެ ސަޕޯޓަރުން ދަ ޑެކްގައި އެބަދެއެވެ.
12 އަހަރަށް ފަހު ޔުނައިޓެޑަށް އަލުން ބަދަލުވި ރޮނާލްޑޯ ކުޅޭނެ ކަމަށް ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނަި ބުނެފިއެވެ.

މެންޗެސްޓާގެ އޯލްޑް ޓްރެފޯޑުގައި މިއަދު ކުޅޭ މެޗު ފަށާފައިވާ އިރު ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ ކުޅުންތެރިންނާ އެކު ހޭދަ ކުރި ވަގުތު މަދު ވިޔަސް ރޮނާލްޑޯ ހުރީ މެޗު ކުޅެވޭ ފޯމްގައި ކަމަށެވެ.
"ޔުވެންޓަސްއާ އެކު އޭނާ ވަނީ ރަނގަޅު ޕްރީ ސީޒަން ޓްރޭނިންތަކެއް ކުރިއަށް ގެންގޮސްފައި. ޕޯޗުގަލްގެ ގައުމީ ޓީމުގައި ޓްރޭނިންތައް ކުރިއަށް ގެންދިޔަ. އަހަރެމެންނާއެކު މިތަނުގައި ހަފުތާއެއް ވަންދެން ރަނގަޅު ޓްރޭނިންތަކެއް އޭނާ ކުރިއަށް ގެންދިޔަ،" ސޯލްޝެއާ ބުންޏެވެ.
ނިއު ކާސަލް އަކީ ރޮނާލްޑޯއަށް ތާރީހީ ޓީމެކެވެ. ޔުނައިޓެޑުގެ ޖޯޒީގައި އޭނާ ހެދި ހަމައެކަނި ހެޓްރިކު ހެދީ ނިއު ކާސަލް ކޮޅަށެވެ.








Comments