ފިލްމީތަރި އިރޫ ކައިވެނިކޮށްފި
- މާހިރު މުޙައްމަދު
- Sep 3, 2021
- 1 min read

ފިލްމީތަރި އިރުފާނާ އިބްރާހިމް (އިރޫ) ގދ.ތިނަދޫ މީހަކާއިި ކައިވެނިކޮށްފިއެވެ.
”ފޯޓީ ޕްލަސް“ އިން މަޝްހޫރުވެގެންދިޔަ އިރޫ ކައިވެނިކުރީ އިއްޔެގެ ވަގުތެއްގައެވެ. ދާދިފަހުން އިރޫ ވަނީ މިހާރު ފިލްމީ ކަންކަމާއި ނޫޅެން ކަމަށް ވެސް ބުނެފައެވެ. އިރޫ ފެނިގެން ގޮސްފައިވާ ފިލްމުތަކުގެތެރޭގައި ”ހުވާ“، “ކާކު“، “ފޯޓީ ޕްލަސް“ ހިމެނެއެވެ. ހަމައެހެންމެ އިރޫގެ ދެ ފިލްމެއް ރިލީޒްނުވެ އޮތްކަން ފާހަގަކޮށްލެވެއެވެ. އެއީ ”ހެހެސް“ އާއި، ”ލޯބިވެވިއްޖެ“ މި ދެ ފިލްމެވެ.








Comments