ފިލްމީތަރި މަނިކުު އަދި ޝީލާ ވެސް ސިޔާސީ ދާއިރާއަށް ނުކުންނަނީ
- މާހިރު މުޙައްމަދު
- Aug 30, 2021
- 1 min read

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މުޙައްމަދު މަނިކާއި، އޭނާގެ އަނބިކަނބަލުން ޝީލާ ނަޖީބު މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށް އެމްއެންޕީން ބުނެެެެެެފައި ވަނީ މަޝްހޫރު ފިލްމީ ތަރި މުޙައްމަދު މަނިކާއި ޝީލާ ނަޖީބު އެ ޕާޓީއާއި ގުޅުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، ޕާޓީގެ ފަރާތުން ވަރަށް ހޫނު މަރުހަބާ ކިޔާ ކަމަށެވެ.
އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު އިސްވެ ހުންނަވައި، އުފައްދަވާ ޕާޓީއެކެވެ.
އެމްއެންޕީ ރަޖިސްޓްރީކުރުމަށްޓަކައި 5000 މެންބަރުންގެ ސޮޔާއެކު އަންނަ ސެޕްޓެމްބަރުމަހުގައި އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.








Comments