https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ފަތިސްވުުމުން ނިދާ މީހުންނަށް ”2 ޣަނީމާއެއް“ ގެއްލިގެންދޭ- ޚުޠުބާ

  • މާހިރު މުޙައްމަދު
  • Aug 13, 2021
  • 1 min read

ރޭގަނޑު ހޭލައި ތިބެފައި، ފަތިސްވުުމުން ނިދާ މީހުންނަށް ”2 ޣަނީމާއެއް“ ގެއްލިގެންދާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރައްވައިފިއެވެ.


މިއަދުގެ ޚުޠުބާގައި އަލިއަޅުވައިލައްވާފައި ވަނީ ރިޒްޤު ހޯދުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.


އެންމެ ކާމިޔާބު މީހާއަކީ އަމިއްލަ މަސައްކަތުން ހަޔާތް އާރަސްތުކުރާ މީހާކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވައިފައެވެ. ނުވަތަ އެ މީހާގެ ނިއްކުރިން އޮހޮރޭ ދަލުން އެ މީހެއްގެ އުންމީދުގެ އޮށްތަކަށް ފެންދީ ހައްދާ މީހާކަން ވެސް ފާހަގަކުރެއްވިއެވެ.


ރިޒްޤު ތަނަވަސްކޮށްދެއްވާ ސަބަބުތަކުގެތެރޭގައި ރަހިމުގެ ގުޅުން ދަމަހައްޓައި، ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭކަން ވެސް ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. އަދި ހަމައެހެންމެ އެ މީހަކަށް ލިބިފައިވާ ރިޒްޤުގައި ބަރަކާތްލެއްވުމުގެ އެއް އަސްލަކީ ޞަދަޤާތްދިނުންކަން ވެސް ފާހަގަކުރައްވާފައިވެއެވެ.


”ތެދުވެރިކަމާއެކު ރިޒްޤު ހޯދަން އެދޭ މީހާ އެކަމަށްޓަކައި ހިންމަތްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ. އެ މީހެެއްގެ ކިބައިން ކަންނެތްކަން ފޮހެލަންޖެހޭ. ދުވަހަކު ވެސް އުޑަކުުން ރަނާއި ރިއްސެއް ނުވެއްސަވާނެ“ ޚުޠުބާގައި ވިދާޅުވިއެވެ.


ޚުޠުބާގައި ވިދާޅުވި ގޮތުގައި އެ މީހެއްގެ ރިޒްޤު ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ މަތިވެރި ރައްބުގެ މަގުގައި ޖިހާދުކުރުންފަދަ ކަމެކެވެ. އަދި ޙައްޤު ގޮތުގައި މަސައްކަތްކުރާ މީހަކަށް ބަރަކާތްލައްވާނެކަމާއި، އޭނާގެ އުންމީދުތަކަށް ވާސިލުވުމަށް މަގުފަހިވާނެކަން ވެސް ފާހަގަކުރެއްވިއެވެ.


”މަަސައްކަތެއް ނުކޮށް ދިރިއުޅުމުގައި އެހެން މީހުންނަށް ބަރޯސާވާ މީހަކަށް ނުވެ، މަސައްކަތްކުރާ މީހަކަށްވާށެވެ! އަމިއްލަ އަތުން ކުރާ މަސައްކަތުން ކައިބޮއެ އުޅޭ މީހަކަށްވާށެވެ!“ ޚުޠުބާގައި ވިދާޅުވިއެވެ.


ޚުޠުބާގައި ވިދާޅުވި ގޮތުގައި، ރޭގަނޑު ހޭލައި ތިބެފައި، ފަތިސްވުުމުން ނިދާ މީހުންނަށް ”ދެ ޣަނީމާއެއް“ ގެއްލިގެންދާނެއެވެ. ފުރަތަމަ ޣަނީމާއަކީ ”ފަތިސް ނަމާދު“ ކަމަށާއި، 2 ވަނަ ޣަނީމާއަކީ ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.


އަދި އެކަމުގެ ސަބަބުން އެ މީހެއްގެ ރިޒްޤުގެ ބަރަކާތް ކެނޑިގެންދާނެ ކަމަށާއި، މަތިވެރި ރައްބު އެ މީހަކަށް ވާޖިބުކޮށްފައިވާ ޙައްޤު އަދާނުކުރާ މީހާއަށް އެ ދުވަހަކީ އަބާއްޖަވެރި ދުވަހަކަށް ވެގެންދާނެކަން ވެސް ފާހަގަކުރެއްވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page