https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ފަރުވާއަށް ފަހު އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލައިފި

  • މާހިރު މުޙައްމަދު
  • Jun 19, 2021
  • 1 min read

Updated: Jun 19, 2021



ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ހިތްހުއްޓިގެން ދަނޑު މައްޗަށް އެރިކްސަން ވެއްޓުނުއިރު، އޭނާގެ ފުރާނަ ސަލާމަތް ވެފައިވަނީ ދަނޑުމަތީގައި މެޑިކަލް ޓީމުން ދިން އަވަސް ފަރުވާގެ ސަބަބުންނެވެ.



ޑެންމާކުގެ ގައުމީ ޓީމުން ބުނީ ކާމިޔާބު އޮޕަރޭޝަނަކަށްފަހު އެރިކްސަން ހޮސްޕިޓަލުން މިއަދު ދޫކޮށްލާފައިވާ ކަމަށާއި އަދި ގައުމީ ޓީމާއި ވެސް މިއަދު އެރިކްސަން ބައްދަލުކޮށްފައިވާ ކަމަށެވެ. އެރިކްސަން އަށް މުބާރާތް ނިމިފައިވާއިރު ރިކަވަރީގެ ކަންކަމުގައި އާއިލާއެކު އޭނާ ވަގުތު ހޭދަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page