އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަނީ
- މާހިރު މުޙައްމަދު
- Sep 4, 2021
- 1 min read

ބ. އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމް އާއި ސިޑިބަރި ހިމެނޭ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރުގެ އެހީގައި އޭދަފުށީގައި އަޅާފައިވާ ޓާފް ދަނޑު އޭނާގެ އެހީގައި އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހަވީރު ވަނީ ރޮސްޓްރަމް އާއި ސިޑިބަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ.
އެ މަޝްރޫއުގެ ދަށުން 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި 800 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ސިޑިބަރިއެއް ހަދާނެ އެވެ. މީގެ އިތުރުން، އެ މަޝްރޫއު ނިމޭއިރު އެހެން ވަސީލަތްތައް ވެސް އެ ދަނޑުގައި ފުރިހަމަ ކުރަން ވަނީ ނިންމައިފައެވެ.
އޭދަފުށި ޓާފް ދަނޑަކީ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑެވެ. އަދި އެ ދަނޑަކީ ބައިނަލްއަގްވާމީ މިންގަނޑުތަކެއް ފެތޭ ގޮތަށް އަޅާފައިވާ ދަނޑެކެވެ. އެ ދަނޑު ހުޅުވީ 2019 ގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައެވެ.








Comments