ޗެކް ރިޕަބްލިކް އަދި ކްރޮއޭޝިއާާ މެޗުގެ ނަތީޖާ ހަމަހަމަ
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read
Updated: Jun 19, 2021

ޔޫރޯ 2020 ގައި ކްރޮއޭޝިއާ އަދި ޗެކް ރިޕަބްލިކް ބައްދަލު ކުރި މެޗުގެ ނަތީޖާއަކުން 1-1 އެއްވަރުވެ މެޗު ނިންމާލައިފިއެވެ. ސްކޮޓްލަންޑްގެ ގްލާސްގޯ ގައި ކުޅެވިގެންދިޔަ މި މެޗުގައި ވަނީ ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިފައެވެ. މި ގޮތުން މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ޗެކް ރިޕަބްލިކުންނެވެ. މި މެޗު ޖަހާދީފައިވަނީ ޗެކް ރިޕަބްލިކަށް މިދިޔަ މެޗުގައިވެސް 2 ލަނޑު ޖަހާދީފައިވާ ޝިކްއެެވެ. މި ލަނޑަކީ، ޕެނަލްޓީ އޭރިޔާ ތެރެއިން ޗެކް ރިޕަބްލިކްގެ ކުޅުން ތެރިއަކަށް ކްރޮއޭޝިއާގެ ޑިފެންޑަރު ލޮވްރެން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ކްރޮއޭޝިއާއިން މެޗު އެއްވަރުވި ލަނޑު ޖަހާދީފައިވަނީ އިވާން ޕެރިސިޗްއެވެ. މިއާއި އެކު، މި ގްރޫޕުގައި ޗެކް ރިޕަބްލިކް އޮތީ 4 ޕޮއިންޓާއި އެކު 1 ވަނައިގައެވެ. ދެވަނައިގައި އިނގިރޭސިވިލާތް 3 ޕޮއިންޓާއި އެކު އޮތް އިރު، ކްރޮއޭޝިއާ އޮތީ 3 ވަނައިގައި 1 ޕޮއިންޓާއި އެކުއެވެ. މި ގުރޫޕުގައި މިރޭ އިނގިރޭސިވިލާތް އަދި ސްކޮޓްލަންޑް ފޯރިގަދަ މެޗެއްގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.








Comments