އިންޖީނަރުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން
- މާހިރު މުޙައްމަދު
- Jul 1, 2021
- 1 min read
Updated: Jul 1, 2021

މި އަދަކީ އިންޖީނަރުންނަށް ވަރަށް ވެސް ޙާއްސަ ދުވަހެކެވެ. އަދޭ! މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އިންޖީނަރުންގެ ދުވަހެވެ.
އިންޖީނަރުންގެ ދުވަހެ މުޅި ދުނިޔޭގައި ފާހަގަކުރަމުން ދާ އިރު މިދާއިރާއިން ކުރި އަރަމުން އަންނަ ރާއްޖޭގެ ޒުވާން އިންޖީނަރުންނާއި ހަމަ އެފަދައިން މި ދާއިރާގައި ދެމިތިބި އިންޖީނަރުންނަށް އޮތް އެންމެ ބޮޑޮ ހިތާމައަކީ، ރާއްޖޭގައި ކުލަ ގަދަކޮށް މި ދުވަސް ފާހަގަ ނުކުރުމުގެ ހިތާމައެވެ.

ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ހުރިހާ ކަމަކާއި ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައި މި ވަނީ އިންޖީނާއެވެ.
މިހެން މި ދަންނަވަން ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. އަޅުގަނޑުމެން ބޭނުންކުރަމުން މިދާ ކަރަންޓު ވެސް މި ލިބިގެން ދަނީ ހަމަ އިންޖީނުގެ ސަބަބުނެވެ. އަދި ހަމައެހެންމެ އަޅުގަނޑުމެން ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އެއްގަމު އުޅަނދުފަހަރާއި، ކަނޑު އުޅަނދުފަހަރުގެ އިތުރުން ވައިގެ އުޅަނދު ފަހަރުގައި ވެސް ބޭނުން ކުރަނީ ހަމަ މިދެންނެވި އިންޖީންނެވެ.

އަޅުގަނޑުމެންގެ ދިރިއުޅުން މިހާ ބޮޑަށް ފަސޭހަވެފައި މި ވަނީ ވެސް ބެނުންކުރަމުން މިދާ ތަފާތު އިންޖީންތަކުގެ ސަބަބުންނާއި އަދި އެ ތަކެތީގެ ޑަކްޓަރުން ކަމުގައި ވާ އިންޖީނިރުންގެ މިންނެތް ބުރަ މަސައްކަތްތަކުންނެވެ.

އަޅުގަނޑުގެ އުންމީދަކީ ދިވެހި ދއުލަތުގެ ފަރާތުން ރާއްޖޭގައި ވެސް އިންޖީނަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، އިންޖީނަރުންގެ އަގު ހުރި މަސަކަތްތައް ބަލައިގަނެ، އަގު ވަޒަންކުރުމެވެ.

އިންޖީނަރުންގެ ދުވަހުގެ ތަހުނިޔާ އާއި މުބާރިކް މި ދާއިރާގެ އެންމެހާ ޚިދުމަތްތެރިންނަށް އަރިސްކުރަމެވެ.









Comments