ދުނިޔޭގެ 70 ޤައުމަށް ވާދަކޮށް މި ފަހަރު މިސް ޔުނިވާސް މެކްސިކޯގެ އަންހެނަކަށް
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read
މިސް ޔުނިވާސްގެ މަގާމު މެކްސިކޯގެ ރީތީގެ ރާނީ އެންޑްރިއާ މީޒާ ކާމިޔާބު ކޮށްފިއެވެ.
މިސް ޔުނިވާސްގެ މަޤާމު މީޒާ ހޯދާފައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި 70 ޤައުމަށް ވުރެ ގިނަ ޤައުމާއި ވާދަކޮށެވެ.
މިއަހަރުގެ މިސް ޔުނިވާސްގެ މަގާމު މީޒާ ކާމިޔާބު ކުރުމުން އޭނާގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައިދިނީ، 2019 ވަނަ އަހަރު މިސް ޔުނިވާސްގެ މަގާމު ހޯދި، ދެކުނު އެފްރިކާގެ ޒޮޒިބީނީ ތުންޒީއެވެ.
މީޒާ އަކީ މިސް ޔުނިވާސްގެ މަގާމު ލިބުނު މެކްސިކޯގެ ތިން ވަނަ އަންހެނާ އެވެ.
މިސް ޔުނިވާސް އަކީ 1952 އިން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ރީތީގެ މުބާރާތެވެ.
ކޯވިޑް-19 ގެ ސަބަބުން މިދިޔަ އަހަރުގެ މިސް ޔުނިވާސް ވަނީ ކެންސަލް ކޮށްފައެވެ.











Comments