ދެން ކައިލީ ޖެނާ 2 ވަނަ ދަރިއަށް ބަނޑުބޮނޑު ކަމަކަށް ނުވާނެތަ؟
- މާހިރު މުޙައްމަދު
- Aug 22, 2021
- 1 min read

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި އަދި މުއްސަނދި ވިޔަފާރިވެރިޔާ ކައިލީ ޖެނާ އިނީ ދެވަނަ ދަރިއަކަށް ބަލިވެ އިން ކަން އޭނާގެ ބައްޕައަށް އޮޅިގެން ހާމަކުރެވިއްޖެއެވެ.
ކައިލީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރެޕް ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓްއާއެވެ.
އޭނާގެ ބައްޕަ ކެޓްލީން ޖެނާ ވަނީ އިވެންޓެއްގައި އޭނާގެ 19 ވަނަ ކާފަދަރި ލިބެން އުޅޭ ކަމަށް ބުނެފައެވެ. އެއާއެކު ގިނަ މީޑިއާތަކުން ވަނީ ކައިލީ ބަނޑުބޮޑުކަމަށް ބުނެފައެވެ.
ޑެއިލީ މެއިލް އިން ވަނީ ކައިލީގެ ގާތް މީހަކާ ހަވާލާދީ ކައިލީ ބަނޑުބޮޑުކަން ކަށަވަރުވާ ކަމަށް ބުނެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އަދި ކައިލީގެ ބަނޑުބޮޑުވިތާ މާ ގިނަ ދުވަސް ވެފައެއްނުވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ކައިލީ ބޭނުންވަނީ އޭނާގެ ފުރަތަމަ ފަހަރު ފަދައިން މިފަހަރު ވެސް ބަނޑުބޮޑުކަން ސިއްރުކޮށްފައި ބާއްވާށެވެ. ކައިލީގެ ފުރަތަމަ ދަރިފުޅު ސްޓޯމީ ލިބުނު ކަން އިއުލާނުކޮށްފައިވަނީ ވިހެއުމަށް ފަހު އާންމުކުރި ވީޑިއޯއަކުންނެވެ.








Comments