ޗައިނާގައި ބޭނުންހާ ލަވައެއްގެ ކަރޯކޭ ދެން ނުޖެއްސޭނެ
- މާހިރު މުޙައްމަދު
- Aug 12, 2021
- 1 min read

ކަރޯކޭގެ ހިދުމަތް ދޭ ތަންތަނުގެ ލަވަތަކުގެ މިންގަނޑަށް ފައްތުމަށް ޗައިނާގެ ކަލްޗަ އޮފް ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.
އަންނަ އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން އެ އުސޫލު ތަންފީޒުކުރަން ފަށާ އިރު، "މިންގަނޑަށް ނުފެތޭ" ލަވަތަކަށް ކަރޯކޭ ޖެއްސުމުގެ ފުރުސަތުދޭ ނަމަ، އެފަދަ ތަންތަނާ ދޭތެރޭ ފިޔަވަޅު ވެސް އަޅުމަށް ވަނީ ނިންމާފައެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އެ ގޮތަށް ނިންމީ ހުއްދަ ނޫން ކޮންޓެންޓްތައް ބޭނުން ކުރުން ނިމުމަކަށް ގެނައުމާއެކު ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ހައިބަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައެވެ.
ކަރޯކޭ ލަވަތަކުގައި މައިގަނޑު 4 ދާއިރާއެއް ފާހަގަކޮށްފައިވެއެވެ. އެއީ ނަފުރަތާއި ރުޅިވެރިކަން އުފެދޭ އަދި ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ލަވަތަކާއި ޤައުމުގެ އަމާންކަމާއި ރައްކާތެރިކަމަށް ބޫރު އަރައިފާނެ އަދި ޤައުމީ މަސްލަހަތަށް ފުށުއަރާ ކަހަލަ ލަވަތަކާއި ދީނަށް ފުރައްސާރަކުރެވޭ ކަހަލަ ލަވަތަކުގެ އިތުރުން ބޭއަދަބީ ބަހުރުވަ ހިމެނޭ ލަވަތަކާއި ޖުވާ ކުޅުމާއި އަނިވާރި އަމަލުތަކާއި އެކި ބާވަތުގެ ކުށްތަކަށް ހިތްވަރުދޭ ޒާތުގެ ލަވަތަކެވެ.

ޗައިނާގައި ހުރި ކަރޯކޭ ޖެއްސުމުގެ ހިދުމަތް ދޭ 50،000 އެއްހާ ތަން އޮކްޓޯބަރު 1 އިން ފެށިގެން އިންސްޕެކްޓް ވެސް ކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކަރޯކޭގެ ހިދުމަތް ދޭ ތަންތަނުން ދޭ ލަވަތައް ރިވިއުކޮށް، މިންގަނޑަށް ފެތޭ އެއްޗެހި އެ މީހުންގެ ލައިބްރަރީތަކުގައި ހިމެނުމަށް އެ މިނިސްޓްރީން އެދެއެވެ.
ލަވަތަކަށް ފިޔަވަޅު އަޅާފައިވެ އެވެ. އެފަހަރު 120 ލަވައެއް އޭގެ ތެރޭގައި
"ބެއިޖިން ހޫލިގަންސް" އާއި "ސުއިސައިޑް ޑައިރީ" އާއި "ޑޯންޓް ވޯންޓް ގޯ ޓު ސްކޫލް" އަދި "ފާޓް" ފަދަ އިބާރާތްތައް ހިމެނޭ 120 ލަވައެއް މީގެ ކުރިން ވެސް ޗައިނާގެ ކަރޯކޭގައި ބްލެކްލިސްޓްކޮށްފައިވެއެވެ.
އެ ފަދަ ބަސްތަކާއި ބަހުރުވަ ހިމެނޭ ލަވަތަކަކީ އާންމު މިންގަނޑަށް ނުފެތޭ އަދި އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވެދާނެ ކަހަލަ ލަވަތަކެއް ކަމަށް ޗައިނާގެ މިނިސްޓްރީން ބުނެއެވެ.
ޗައިނާއަކީ ސެންސަޝިޕްގެ ހަރުކަށި އުސޫލުތަކެއް އޮންނަ ޤައުމެކެވެ.








Comments