ދަރިކޮޅު ގޮވައިގެން ކަރީނާއާއި ސައިފް ރާއްޖެ އައިސްފި
- ޙުސައިން އަޙުމަދު

- Aug 15, 2021
- 1 min read

ކަރީނާ ކަޕޫރް ޚާންއާއި ސައިފް އަލީ ޚާން އެ ދެމަފިރިންގެ 2 ދަރިންނާއެކު ރާއްޖެ އައިސްފިއެވެ.
ރާއްޖެ އައިސްފައި ވަނީ ދެމަފިރިންގެ ދޮށީ ދަރިފުޅު ތައިމޫރް އަލީ ޚާންއާއި ހަގު ދަރިފުޅު ޖެހް އަލީ ޚާން ވެސް ގޮވައިގެންނެވެ.
އެ ދެމަފިރިން ރާއްޖެ އައީ ސައިފްގެ 51 ވަނަ އުފަސް ދުވަސް ފާހަގަ ކުރާށެވެ. ރާއްޖެ އައުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް ފުރައިފައި ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ 2 ވަނަ ދަރިއަކު ލިބުނު ފަހުން ކަރީނާއާއި ސައިފް ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ރާއްޖެއަކީ ކަރީނާއާއި ސައިފްއަށް ވެސް ވަރަށް ހިތް ފަސޭހަ މަންޒިލަކަށް ވެފައިވާ އިރު، ސައިފްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާންއަކީ ވެސް ވަރަށް ގިނައިން ރާއްޖެ އައިސްފައިވެއެވެ.








Comments