ދަރިން ހޯދުން މަޑުޖައްސާލަން އަންގައިފި
- މާހިރު މުޙައްމަދު
- Sep 9, 2021
- 1 min read

އަވަށްޓެރި ސްރީލަންކާގައި ކޯވިޑް 19 ގެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓު ފެތުރެމުން އަންނަ މިންވަރު އިތުރުވުމުގެ ސަބަބުން ކުރިއަށް އޮތް 1 އަހަރު ދުވަހު އެގައުމުގެ ރައްޔިތުން ދަރިން ހޯދުން މަޑުޖައްސާލުމަށް އެގައުމުގެ ސަރުކާރުން އެދިފިއެވެ.
ބަލީގެ ނުރައްކާ އިތުރުވެ ގިނަބަޔަކު ނުރައްކަލަށް ހުށައެޅެމުން ދިއުމާއި ގުޅިގެން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. މީގެ އިތުރުން އެގައުމުގެ ހެލްތް ޕްރޮމޯޝަން ބިއުރޯގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ހަރްޝާ އަޓައްޕަޓޫ ވަނީ ކުރިއަށް އޮތް 1 އަހަރު ދަރިން ނުހޯދާ މަޑުކޮށްލުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.
ސަބަބެއް ކަމަށް އޭނާ ބުނީ، މިހާރު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓުގެ ނުރައްކާ މަންމަ އާއި ބަނޑުގައި އޮންނަ ކުއްޖާއަށް ކުރާ ކަމަށާއި، އެކަމުގެ ސަބަބުން ފުރާނަ ދިއުން ފަދަ ހިތާމަވެރި ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށެވެ.
އެ ގައުމުގައި ބަލިފެތުރެމުން އަންނަ މިންވަރު އިތުރުވެ މަރުވާ މީހުންގެ އަދަދު އަންނަނީ އިންތިހާ އަށް އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް އެގައުމުން 472،000 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ކޯވިޑް 19 ގެ ސަބަބުން އެގައުމުން މީހާތަނަށް 10،504 މީހަކު ވަނީ މަރުވެފައެވެ.








Comments