ކޯވީޑް-19ގެ ދުވަސްތަކުގައި ސަރުކާރުން އަމަލު ކުރި ގޮތާއި މެދު ކީކޭ ބުނަނީ؟
- ޙުސައިން އަޙުމަދު

- Jun 19, 2021
- 1 min read

ދިވެހި ރައްޔިތުން މި ކުދިކުދި ޖަޒީރާ ރަށްތަކުގައި ދިރިއުޅެމުން އައީ ވަރަށް ހިތްހަމަޖެހިލައިގެން ވަރަށް އުފާލާއެކު އަބުރުވެރި ދިރިއުޅުމެއްގައެވެ. ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން ދިޔަ ރައްޔިތުން ވެސް މަސައްކަތްކުރަމުން ދިޔައީ އެމީހުންގެ އާއިލާތަކަށް ހިތްހަމަޖެހުމާއި އުފާވެރި އަބުރުވެރި ރީތި ދިރިއުޅުން ހޯދުމުގެ ފޮނި އުންމީދުގައެވެ. ހަމަ އެފަދައިން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް މަސައްކަތް ކުރަމުން އައީ ވަރަށް ގަޔާވެ ވަރަށް ލޯތްބާއި އެކުގައެވެ.
ނަމަވެސް 2019 ވަަނަ އަހަރު މުޅިދުނިޔެއަށް ކުރިމަތިވި ކޮރޯނާ ވައިރަސް ނުވަތަ ކޯވީޑް-19ގެ ބަލިމަޑުކަމާއެކު ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤުރުބާނީ ހަނދާން ނައްތާލާ ބައެއް ރިޒޯޓްތަކުން އަމަލު ކުރި ގޮތް އެއީ ވަރަށް ދެރަވެ ލަދުގަންނަޖެހޭ ކަންކަމެވެ.
ރިޒޯޓް މުވައްޒަފުންނަށް މިއަށްވުރެ ރަނގަޅު ގޮތެއް މަހުޖަނުން ހިނގާ ރިޒޯޓްތަކުން ހަދައިދޭންޖެހެއެވެ. ނަމަ ވެސް އެކަން ވެސް ދިޔައީ ހިތުހުރި ގޮތަކަށެވެ. ސަރުކާރަށް އެކަންކަން ހައްލުކުރުމަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. އަދި ކިއްތޯއެވެ.
ކުދި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓްތަކަށް ވެސް މާލީ ބޮޑެތި ގެއްލުން މިހާރުވެސް އެދަނީ ވަމުންނެވެ......
ތިޔަ ބޭފުޅުންގެ ނަޒަރުގައި މިކަންކަން ހައްލުކުުމަށް ސަރުކާރަށް ކުރެވޭނެ ކަންކަމާއި އެފަދަ ގޮތްތަކަކީ ކޮބައިތޯ؟
ތިޔަ ބޭފުޅުންގެ ހިޔާލަށް މިހާ ހިސާބުން އަޅުގަނޑު ދޫކޮށްލާނަމެވެ....
ތިޔަ ބޭފުޅުންގެ ބަހެއް ކޮމެންޓު މެދުވެރިކުރައްވައި ދެއްވާށެވެ!








Comments