https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކޯޓުގައި ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފި

  • މާހިރު މުޙައްމަދު
  • Sep 22, 2021
  • 0 min read

އެނބުރި ރާއްޖެ ވަޑައިގެންފިނަމަ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހަދައިލި ގޮތް ހަދައިލާނެކަމަށް ބުނެ، ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އިންޒާރު ދިން މީހާ މިއަދު ކްރިމިނަލް ކޯޓުގައި ވެސް ނަޝީދަށް މަރުގެ އިންޒާރުދީފިއެވެ.


އިނގިރޭސިވިލާތުގައި މި ވަގުތު ހުންނެވި ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހަދައިލި ގޮތް ހަދައިލާނެކަމަށް ބުނެ މީހަކު އިންޒާރުދިނީ، މިދިޔަ މަހުގެ 22 ވަނަ ދުވަހުގައެވެ. ”އިސްމާޢީލް ޔާފިސް ބިން ޚާލިދު“ ގެ ނަމުގައިވާ ފޭސްބުކް އައިޑީއަކުން އެ ގޮތަށް އިންޒާރު ދިނީ، ރައީސް ނަޝީދު ކުރެއްވި ޕޯސްޓަކަށް ކުރި ކޮމެންޓުތަކެއްގައެވެ. އޭގެތެރެެއިން ކޮމެންޓެއްގައި ވަނީ ހުސްވި މެއިމަހުގެ 06 ވަނަ ދުވަހުގައި ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްވުރެ ދެންފަހަރަކުން ހަދައިލާ ގޮތް މާ ހިތި ވާނެ ކަމަށް ވެސް ބުނެފައެވެ. މި އިންޒާރާއި ގުޅިގެން ހައްޔަރުކުރީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު ޢަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ހުސްވި މަހުގެ 23 ގައި ރ.މީދޫންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފުރަތަމަ ދިނީ 15 ދުވަހެވެ. ހަމައެހެންމެ އޭނާ ކޯޓުގެ ހުރުމަތް ކަނޑައިލުމުން އެ ދުވަހު ވަނީ 15 ދުވަހުގެ ޖަލު ޙުކުމެއް ވެސް ކޮށްފައެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ވުމުން 2 ވަނަ ފަހަރަށް ވެސް ޖެހީ 15 ދުވަހެވެ. ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތު ހަމަވެފައިވާތީ އެ ކޯޓަށް ހާޒިރުކުރި ކަމަ ކޯޓުގައި ވެސް ނަޝީދަށް މަރުގެ އިންޒާރުދިންތޯ ސުވާލު ދެންނެވުމުން ވިދާޅުވީ އެ ކަހަލަ ކަމެއް ހިނގައިގެން އުޅޭ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔާފިސް މިއަދު ކޯޓުގައި ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިނުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމަވައި، ގާޒީ ޢަލީ އާދަމް ނިންމެވީ އެއް މަސް ދުވަހަށް ޖަލަށްލުމަށެވެ. ޙުކުމް ކުރުމުން ވެސް ޔާފިސް ވަނީ ރައީސް ނަޝީދަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދީފައެވެ. ޔާފިސް މީގެކުރިން ވެސް ވަނީ ރައީސް ނަޝީދަށް ވަރުގަދަ އިންޒާރެއްދީފައެވެ. އެ ގޮތުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އޭނާ ވަނީ ރައީސް ނަޝީދަކީ އިނގިރޭސިވިލާތުގެ ”ރާނީގެ ލެއިބޮއިގެން ހުރި ފަރަންޖީ އޫރެއް“ ކަމަށް ބުނެފައެވެ. ހަމައެހެންމެ ރައީސް ނަޝީދަކީ “ނަޖިސް ކުއްތާއެއް“ ކަމަށާއި، މައިތިރިވެގެން ހުރުމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި ވަރަށް އަވަހަށް އިސްލާމީ ޝަރީޢަތް ތަންފީޒުކުރާނެ ކަމަށާއި، ރައީސް ނަޝީދު އިންސާނެއްގެ ސައިޒަށް ތިރިނުވެއްޖެނަމަ، ވެރި ރަށްބަށްޓަކައި ރައީސް ނަޝީދުގެ އިސްތަށިފުޅު ހަށިކޮޅާއި ވަކިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. ހަމައެއާއެކު އޭނާ ވަނީ ރައީސް ނަޝީދަކީ 100 އެތައް ގޮތަކުން ޤަތުލުކުރުން ވާޖިބުވާ ބޭފުޅެއްކަމަށް ވެސް ބުނެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page