https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސިޓީ ދޫކޮށްލަން ވިސްނަމުން މިދަނީ- ސްޓާލިން

  • މާހިރު މުޙައްމަދު
  • Oct 16, 2021
  • 1 min read

މެންޗެސްޓާ ސިޓީގެ ފޯވަޑް ރަހީމް ސްޓާލިން އެ ކްލަބު ދޫކޮށްލަން ވިސްނަމުންދާ ކަމަށް ބުނެފިއެވެ.


ސިޓީއާއެކު ސްޓާލިން ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރަށް ހަމަވާ އިރު، އޭނާ ބުނީ "އެންމެ ޒުވާން ދުވަހުން ފެށިގެންވެސް އިންގްލެންޑުން ބޭރުގައި ކުޅުން،" އެއީ ހުވަފެނެއް ކަމަށެވެ. އެހެން ގައުމަކަށް ގޮސް ކުޅެން ފުރުސަތެއް ލިބިއްޖެ ނަމަ އެކަމާ މަޝްވަރާ ކުރާނެ ކަމަށް ވެސް ބުންޏެވެ. "މިހާރު ހުރި ހާލަތުގައި އަހަންނަށް އެންމެ މުހިންމީ ފުޓުބޯޅަ. ދަނޑުމަތީގައި ކުޅުން ވަރަށް މުހިންމު. އަހަންނަށް އަބަދުވެސް ކުރެވެމުންދާ އުންމީދެއް އެއީ އެހެން ގައުމެއްގައި ކުޅެލުން. ބޭރަށް ގޮސް އެހެން ފުޓުބޯޅައެއްގެ ތަޖުރިބާ ޗެލެންޖަކަށް ނަގަން ބޭނުންވޭ،" އުމުރުން 26 އަހަރުގެ ސްޓާލިން ބުންޏެވެ. މި ސީޒަން ފެށި ފަހުން ޕްރިމިއާ ލީގުގައި ސިޓީން ކުޅުނު މެޗުތަކުގެ ތެރެއިން ސްޓާލިންއަށް ފުރަތަމަ 11 އިން ފުރުސަތު ލިބުނީ އެންމެ މެޗަކުންނެވެ. ޕްރިމިއާ ލީގުގައި އެންމެ މެޗަކުން ސްޓާލިން ފެށި ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ސިޓީން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުގައި ސްޓާލިން ވަނީ ފުރަތަމަ 11 ގައި ކުޅެފައެވެ. ސްޓާލިންއަށް ސިޓީގެ ފުރަތަމަ 11 އިން ޖާގަ ގެއްލުނު ހިސާބަކީ މިސީޒަނަށް ސިޓީއަށް ގެންދިޔަ 100 މިލިއަން ޕައުންޑުގެ ފޯވަޑް ޖެކް ގްރީލިޝްއެވެ. މެޗުތަކުގައި ޕެޕް ގާޑިއޯލާ މިހާރު އާންމުކޮށް ގްރީލިޝް ބޭނުންކުރަމުންދާ އިރު، ދެން ގާޑިއޯލާ ބޭނުންކުރާ އަނެއް ފޯވަޑަކީ ފެރަން ޓޮރެސްއެވެ. އެހެން ނަމަވެސް ސްޕެއިންގެ މެޗެއްގައި ޓޮރެސްއަށް އަނިޔާވެފައި ވުމާއެކު އަނެއްކާވެސް ގާޑިއޯލާއަށް ވަނީ ސްޓާލިން ބޭނުންކުރަން ޖެހިފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page