https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 24, 2021
  • 1 min read

ފިލްމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ މޫސާ މަނިކު (ޗިޅިޔާ) ނިޔާވެއްޖެއެވެ.


ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، ޗިޅިޔާ މޫސާ މަނިކު ނިޔާވީ މިރޭގެ ވަގުތެެއްގައި އައިޖީއެމްއެޗްގައެވެ. ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަންނާނުންގެ އެދުރެއްގެ ގޮތުން އެންމެ ކުރީ ސަފުގައި ހުންނެވި ޗިޅިޔާއަކީ، ވަރަށް ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެކެވެ. ޗިޅިޔާ މޫސާ މަނިކަށް ”އާފަތިސް“ އެވޯޑްވެސް ލިބިލައްވާފައިވާއިރު، އެންމެ މޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު ”ޒަޚަމް“ އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ހާސިލު ކުރެއްވިއެވެ. ހަމައެހެންމެ 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު ފިލްމު ”ހަގު އަނބިން“ ހޯއްދަވާފައިވެއެވެ. ހަމައެއާއެކު ”މިއަދު“ ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ހާާސިލުކުރެއްވިއެވެ. ހަމައެއާއެކު ސަރުކާރުން ވަނީ، ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ފިލްމާއި ތަމްސީލުކުޅުމުގެ ރޮނގުން 2009 ވަނަ އަހަރު މޫސާ މަނިކަށް ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ވެސް ދެއްވާފައެވެ. އަދި ތަމްސީލުކުޅުމުގެ ރޮނގުން 1983 ވަނަ އަހަރު ޢާންމު ޚިދުމަތުގެ އިނާމު ވެސް ވަނީ ދެއްވާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page