ކެރެޓް ސޭންޑްވިޗް
- Goal mv
- Jun 19, 2021
- 1 min read
ރެސިޕީ: ކެރެޓް ސޭންޑްވިޗް
ބޭނުންވާ ތަކެތި:
1 ޕާން 1 ޖޯޑު ކެރެޓް ގާނާފައި ހުރި 2 ފިޔާ ވަރަށް ހިމުން ކޮށް ކޮށާފައި 1 ޓޮމާޓޯ ހިމުންކޮށް ކޮށާފައި 1/3 ސައި ސަމުސާ މުގުރި އަސޭމިރުސް 1 ސައި ސަމުސާ ގިތެޔޮ މިރުސް ވަރަށް ހިމުންކޮށާ ކޮށާފައި ހުރި 1ޖޯޑު ދަޅު މަސް 1/2 ޖޯޑު މެޔޮނައިސް 1 ފަޅި ލުނބޯ ލޮނުކޮޅެއް ބަޓަރ ކޮޅެއް ތެޔޮފޮދެއް
ތައްޔާރުކުރާނެ ގޮތް:
ފިޔާ، މިރުސް، ކެރެޓް އެއްކޮފައި، ޓޮމާޓޯ ކޮޅާއި އަސޭމިރުސް، ލުނބޯ އަދި ލޮނުވެސް އެއްކޮށްލާށެވެ. މެޔޮނައިސް ވެސް އެއްކޮށްލާށެވެ.
ޕާން ފޮތިތަކުގައި ތުނިކޮށް ބަޓަރު ކޮޅެއް ހާކާފައި މޮޑުނުބައިއިން އެތިކޮޅެއް އަޅާފައި ފަތުރާލާފައި ޕާން ފޮތި ތައް ތަތްކޮށްފައިި ކާރި ކަފާލާށެވެ.
ބޭނުމިއްޔާޕާން ފޮތިތައް ޓޯސްޓް ކޮށްފައި ހަދާށެވެ.
ރެސިޕީީ ބައި: ޖުވޭ











Comments