ބީޓީއެސް ދުނިޔޭގެ ރިކޯޑު ފޮތަށް
- މާހިރު މުޙައްމަދު
- Sep 6, 2021
- 1 min read

ދުނިޔޭގެ އެންމެ މަޝްހޫރު ލަވަ ކިޔާ އެއް ބޭންޑު ކަމުގައިވާ ދެކުނު ކޮރެޔާގެ ބޭންޑް ބީޓީއެސް 23 ރެކޯޑާއެކު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
ސެޕްޓެމްބަރު 2 ވަނަ ދުވަހު ދުނިޔޭގެ ރިކޯޑުން އިޢުލާން ކޮށްފައިވަނީ 23 ރެކޯޑެއް ރެޖިސްޓަރކޮށް ބީޓީއެސްއިން ވަނީ 2022 ވަނަ އަހަރުގެ ގިނަސް ވަރލްޑް ރެކޯޑުގެ ''ހޯލް އޮފް ފޭމް'' ލިބިފައިވާ ކަމަށެވެ. ގިނަސް ރެކޯޑުން ބުނާ ގޮތުގައި ބީޓީއެސްއަކީ އެންމެ ގިނައިން ސްޓްރީމް ކުރެވުނު ގުރޫޕް ކަމަށާއި އިންސްޓަގުރާމުގައި އެންމެ ފޮލޯވަރުން ގިނަ މިޔުޒިކް ގުރޫޕް ކަމަށާއި އެންމެ ގިނައިން ރީޓްވީޓް ކުރެވޭ އެއް މިޔުޒިކް އެކައުންޓަކީ ވެސް ބީޓީއެސް ކަމަށް ބުނެފައެވެ. މީގެއިތުރުން މި އަހަރުގެ މެއި މަހު ރިލީޒް ކުރެވުނު ލަވަ ''ބަޓަރ'' އިން ވެސްސ ވަނީ ފަސް ރެކޯޑެއް ގާއިމް ކޮށްފައެވެ. ޔޫޓިއުބުގައި ދެއްކި ޕްރިމިއައިން އެންމެ ގިނަ ވިއުސް ލިބުމުގެ ރެކޯޑާއި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ސްޓްރީމް ކުރެވުނު ލަވައިގެ ރެކޯޑެވެ. ޓިކްޓޮކްގައި އެންމެ އަވަހަށް 2 މިލިއަން ހަމަކުރުމާއި ސްޓްރީމްއިން އެންމެ ގިނަ ޓިކެޓް ވިކުނު ގުރޫޕް ފަދަ އެތައް ރެކޯޑެއް ވަނީ ބީޓީއެސްއަށް ލިބިފައެވެ. މި ހުރިހާ ރެކޯޑަކާއެކު ގިނަސް ވަރލްޑް ރެކޯޑުން ވަނީ ''ހޯލް އޮފް ފޭމް'' ގެ އެވޯޑު ބީޓީއެސްއަށް ދީފައެވެ. ބީޓީއެސްއަކީ އެމީހުން ނެރޭ ކޮންމެ އަލްބަމަކާއި އެކު އެތައް ރެކޯޑެއް ހަދަމުންދާ މިހާރު އެންމެ މަގުބޫލު އެއް ބޭންޑެވެ.








Comments