މަންދީރަ ބޮޑުބެރު ގުރޫޕުން މަގުބޫލުކަން ހޯދި މާއު ނިޔާވެއްޖެ
- ޙުސައިން އަޙުމަދު

- Aug 24, 2021
- 1 min read

މަންދީރަ ބޮޑުބެރު ގުރޫޕުން ވިދާލި ހއ.ކެލާ ޙުސެއިން ސަމާއު (މާއު) ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާއު ނިޔާވިއިރު އޭނާގެ އުމުރަކީ 21 އަހަރެވެ. މާއު އަކީ ތެލެސީމިއާ ކެރިއަރެކެވެ.
މާއު ނިޔާވީ ރޭ އިރާކޮޅު ވިލިމާލޭ ހޮސްޕިޓަލުގައިކަމަށް މައުލޫމާތު ލިބެއެވެ. މާއު އެންމެ ފަހުން ލޭ އެޅީ މިދިޔަ ހަފުތާގައެވެ. އޭނާ ނިޔާވީ ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޙުސެއިން ސަމާއު (މާއު) އާއި، ޙަސަން ސަމާހު (މާހު) އަކީ އެއްމާބަނޑު ދެމީހުންނެވެ. މި 2 ޒުވާނުން ވެސް ވަނީ މަންދީރަ ބޮޑުބެރު ގްރޫޕްގައި ހަރަކާތްތެރިވެފައެވެ.








Comments