https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

"ބީވުން" ގެ ޓީޒާއެއް ބެލުންތެރިންނަށް ދޫކޮށްލައިފި

  • މާހިރު މުޙައްމަދު
  • Oct 16, 2021
  • 1 min read

ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ މޮޅު ކެމެރާމަން އަލީ ރަޝީދު(ގޮޅާ އައްޔަ) ޑައިރެކްޓްކުރާ ޑްރާމާ ސިލްސިލާ "ބީވުން" ގެ ޓީޒާއެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.


އައްޔަގެ ރަސްމީ ފޭސްބުކް އެކައުންޓުގައި އާންމުކޮށްފައިވާ އެ ޓީޒާއިން ޑްރާމާގެ މައިގަނޑު ހުރިހާ ތަރިން ވެސް ދައްކާލައެވެ. މި މަހުގެ ފަސްވަނަ ދުވަހު ޝޫޓިން ފެށި "ބީވުން" އެއީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ 13 އެޕިސޯޑުގެ ޑްރާމާއެކެވެ.


މޭޓް ސްޓޫޑިއޯގެ ފަރާތުން މުހައްމަދު ފުއާދު (ފޯޑު) ޕްރޮޑިއުސްކުރާ އެ ސީރީޒްގް ލީޑު ރޯލުން ޝިފާ އަދި ޝާރިފް ފެންނަ އިރު ޝަމީލް، ޔޫޝައު، ޝާރިފް، ޝާނާ، މަރިޔަމް ހަލީމް އަދި ފާތިމަތު ލަތީފް ވެސް ޑްރާމާގެ މަންޒަރުތަކުން ފެންނާނެއެވެ. "ބީވުން" އަކީ އައްޔަގެ އަންހެނުން އާއިމިނަތު ރިނާޒާ, ލިޔެ ސްކްރިޕްޓް ތައްޔާރުކޮށްފައިވާ ސީރީޒެކެވެ. ޑްރާމާގެ ވާހަކަ ބިނާ ވެފައިވަނީ އާއިލާ އެއްގެ ތެރޭގައި ދިމާވާ ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ކަމަށެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި މަންޒަރުތައް ނަގަން ނިންމާފައިވާ "ބީވުން" އަންނަ މަހުގެ ތެރޭގައި ބެލުންތެރިންނަށް ދައްކަން ފަށަން އަމާޒު ހިފާފައިވާއިރު އައްޔަ ވަނީ މި ފަހުން މޭޓް ސްޓޫޑިއޯއިން ހެދި ޑްރާމާ "ރޭރޭ" ގެ ކެމެރާކޮށް އެޑިޓްވެސް ކޮށްދީފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page