https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބަތަލާ ސަންޖަނާ ރާއްޖޭގައި

  • މާހިރު މުޙައްމަދު
  • Sep 6, 2021
  • 1 min read

ސުޝާންތު ސިންގް ރާޖުޕޫތު އެންމެ ފަހުން ކުޅެފައިވާ ފިލުމު ''ދިލް ބެޗާރާ'' އިން ބޮލީވުޑަށް ތަޢާރަފްވި ސަންޖަނާ ސެންގީ އޭނާގެ 25 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފިއެވެ.


މިދިޔަ ހޮނިހިރު ދުވަހު ސަންޖަނާގެ އިންސްޓަގުރާމު އެކައުންޓް ޖަރީކޮށްލާފައި ވަނީ ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ސަންޖަނާގެ ފޮޓޯތަކުންނެވެ. ރާއްޖެ އައިސް އެންމެ ފުރަތަމަ ހިއްސާކޮށްފައިވާ ޕޯސްޓުގައި ސަންޖަނާ ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި 25 ވަނަ އަހަރަށް ދަތުރު ފަށާފައިވަނީ އުއްމީދާއި އެކުގައި ކަމަށް ވެސް މި ޕޯސްޓުގައި ސަންޖަނާ ބުނެފައިވެއެވެ. ޖޭޑަބްލިޔު މެރިއޮޓް ރިސޯޓް އެންޑް ސްޕަރގައި ހިތްގައިމު ވަގުތު ތަކެއް ހޭދަކުރަމުންދާ ސަންޖަނާގެ ދަތުރުގެ ތަފުސީލު އިންސްޓަގުރާމު މެދުވެރިކޮށް ދަނީ އޭނާގެ ފޮލޯވަރުންނާއި ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ. އުފަންދުވަހުގެ ކޭކު ފަޅާ ފޮޓޯއާއި ސެލްފީގެ އިތުރުން ޕޫލްގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށް ސަންޖަނާ ބުނެފައިވަނީ އުފަންދުވަހަކީ އޭނާ އެންމެ ކުޑައިރުއްސުރެން ފެށިގެން ވަރަށް ޝައުގުވެރިވާ ދުވަހެއް ކަމަށާއި އެދުވަހަކީ ލޯތްބާއި ރަހުމަތްތެރިކަން ފާހަގަ ކުރުމުގެ ދުވަހެއް ކަމަށެވެ. ނަމަވެސް މި އަހަރުގެ އުފަންދުވަހު ފުރަތަމަ ފަހަރަށް ސަންޖަނާ ބޭނުންވީ އުފަންދުވަހު އަރާމު ކޮށްލުމަށެވެ. އެހެންކަމުން ރާއްޖޭގެ ހިތްގައިމު ރަށެއްގައި ''ރެސްޓް'' ކޮށްލުމަށް އައި ކަމަށެވެ. އަދި މީގެ އިތުރުން ޑައިވްކުރުން ފަދަ އެތައް ކަމެއް އިތުރަށް ހުރި ކަމަށް ވެސް ސަންޖަނާގެ ޕޯސްޓުތަކާއި ކެޕްޝަންތަކުން ސަޕޯޓަރުންނާއި ދަނީ ހިއްސާ ކުރަމުންނެވެ. ސަންޖަނާގެ ފިލުމީ މަސައްކަތަށް ބަލާއިރު ދެން އޭނާ އެންމެ އަވަހަށް ފެންނާނީ އާދިތުޔަ ރޯއީ ކަޕޫރާއި އެކު ފިލުމު ''އޯމް: ދަ ބެޓްލް ވިތިން'' އިންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page