https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބައްޕަގެ އެދުމުން ޓިކްޓޮކާ ދުރަށް ދިޔަ ޔާޔާ އަމިއްލަޔަށް އޮރިޔާންވެއްޖެ

  • މާހިރު މުޙައްމަދު
  • Sep 10, 2021
  • 1 min read

ޓިކްޓޮކްގައި މުހައްމަދު ނަބީލް (ޔާޔާ) އަމިއްލަޔަށް އޮރިޔާންވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.


އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަންހެން ހެދުން އަޅައިގެން އުޅޭތީ ފުލުހުންނަށް މައްސަލަ ހުށެހެޅިފައިވާ ޔާޔާއެވެ. އާންމުވެފައިވާ ވީޑިއޯ އާ ގުޅިގެން ޔާޔާ އާ މެދު އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން އެއްވެސް ބަހެއް ދީފައެއް ނުވެއެވެ. މީގެ ކުރިން ވެސް އަންހެން ހެދުން އަޅަައިގެން ޓިކްޓޮކް ކުޅެ، ޔާޔާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު ބައެއް މީހުންނަށް އެކަން ވަނީ މަޖާކަމަކަށް ވެފައެވެ. ނަމަވެސް ގިނަ މީހުން އަންނަނީ ޔާޔާ އާމެދު ފިޔަވަޅެއް އަޅާފައި ނުވާތީ އެކާމާ ނުރުހުން ފާޅުކުރަމުންނެވެ.

އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެދުން އެޅުމާ ގުޅޭ ގޮތުން ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.


“ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް މާތްﷲ ލަޢުނަތް ލެއްވިއެވެ.” މާނައަށް ބަލައިލުމުން ވެސް އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް ހުރި ނުބައިކަން އެނގިގެން ދެއެވެ.


ބައްޕަގެ އެދުމުގެ މަތިން އުމުރުން 36 އަހަރުގެ މުހައްމަދު ނަބީލް (ޔާޔާ)، އޭނާގެ ޓިކްޓޮކް އެކައުންޓް ޑިލީޓް ކޮށްލައި ޓިކްޓޮކާ ދުރަށް ދިއުމަށް ފަހު މި ފަހަރު ޓިކްޓޮކުގައި އޭނާ މި ވަނީ އަމިއްލަޔަށް އޮރިޔާންވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page