https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބަންގާޅު ކޯޗު އޮސްކާ ބޭނުން ވަނީ ރެފްރީ ބޭރުކުރަން

  • މާހިރު މުޙައްމަދު
  • Oct 8, 2021
  • 1 min read

ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި މެޗުގެ ރެފްރީއަކީ މި މުބާރާތަށް ކުފޫހަމަނުވާ ރެފްރީއެއް ކަމަށާއި އޭނާ މި މުބާރާތުން ބޭރުކުރަންޖެހޭ ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.


ރޭ ކުޅުނު މެޗުގައި ރާއްޖެއިް ވަނީ ބަންގްލަދޭޝް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ރާއްޖޭގެ ލަނޑުތައް ޖެހީ އަލީ އަޝްފާގު (ދަގަނޑޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.


މިއީ މި މުބާރާތުގައި ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން މިހާތަނަށް ފެނުނު އެންމެ މޮޅު ކުޅުމެވެ. މުޅި މެޗުކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނީ ރާއްޖެއިންނެވެ. މިއީ ބަންގްލަދޭޝް މިހާތަނަށް ކުޅުނު ތިން މެޗުން ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުން ލަންކާ ބަލިކުރިއިރު 2 ވަނަ މެޗުން ވަނީ އިންޑިއާ އާއި އެއްވަރުކޮށްފަައެވެ.


ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަދައްްކަމުން ބަންގްލަދޭޝް ކޯޗު ރާއްޖޭގެ ކުޅުމަށް ތައުރީފު ވަނީ ކޮށްފައެވެ. އަދި މި މެޗުން މޮޅުވީ މޮޅަށް ކުޅުނު ޓީމު ކަމަށާއި ބަންގްލަދޭޝް ޓީމަށް މި މެޗުގައި ބަލިވާން ދިމާވި ސަބަބުތަކުގެ ތެރޭގައި ރެފްރީ ހިމެނޭ ކަމަށެވެ.

"ރެފްރީގެ ބައެއް ނިންމުންތައް އެބަހުރި ވަކިކޮޅަކަށް ގޮސް ހުސްވެފަ، އަހަރެމެން އަރާމުނުކޮށް ކޮންމެ 72 ގަޑިއިރަކުން މެޗެއް ކުޅެން ޖެހުމާއެކު އަނެއްކޮޅުން ރާއްޖެއަށް އަރާމުކުރާނެ އެކަށީގެންވާ ވަގުތެއް ލިބުމަކީ އޭގެ ނަތީޖާ ދަނޑުމަތީގައި ފެނުނު ކަމެއް" އޮސްކާ ބުންޏެވެ.

ބަންގްލަދޭޝް ޓީމުން މި މެޗުގައި ޑިފެންސްލައިނުން ގޯސްތަކެއް ހެދި ކަމަށާއި ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ކުޅުން ފާހަގަކޮށްލެވޭ ކަމަށެވެ. އަދި ބަންގްލަދޭޝްގެ ކުޅުން ދަށްވީ ރާއްޖޭގެ ފުރަތަމަ ގޯލުން ކަމަށާއި އޭގެފަހުން ޓީމުގެ ފަހަތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ކަމަށެވެ. އަދި މުޅި މެޗު ރާއްޖެ ކޮޅަށް އެނބުރުނީ އެ ގޯލަށްފަހު ކަމަށްވެސް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ދެން ކުޅޭނީ އަންނަ އާދީއްތަދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ސްރީލަންކާ އާއި ރާއްޖެ ބައްދަލުކުރާ އިރު އެ ރޭ ކުޅޭ މެޗުގައި ކުޅޭނީ ނޭޕާލް އާއި އިންޑިއާ އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page