https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އާރްޔަން އަށް ކުރާ ތުހުމަތުތައް ސާބިތެއް ނުވޭ

  • މާހިރު މުޙައްމަދު
  • Oct 10, 2021
  • 1 min read

ޝާހްރުކް ޚާންގެ ދޮށީ ދަރި އާރްޔަން ޚާން ހައްޔަރު ކޮށްފައި ހުއްޓަސް އަދި މިހާތަނަށް އޭނާގެ މައްޗަށް ކުރާ އެއްވެސް ތުހުމަތެއް ސާބިތު ނުވާކަމަށް އިންޑިއާގެ ނާރކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ބުނެފިއެވެ.


މިމަހުގެ 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިންޑިއާގެ މުމްބާއީގެ ބަނދަރުގައި އޮތް ކްރޫޒް ޝިޕެއްގައި ކުރިއަށް ދިޔަ ”ރޭވް ޕާޓީ“ އެއް ހުއްޓުވާފައެވެ. އެ ޕާޓީގައި ޝާހުގެ ފިރިހެންދަރި އާރްޔަން އާއި އަދި އިތުރު ބައެއް ހައްޔަރުކޮށް އެންސީބީއިން ވަނީ އެމީހުންނާއި ސުވާލު ކުރަން ފަށާފައެވެ. އޭގެ ފަހުން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދުމުންވެސް ކޯޓުން ވަނީ ކަފާލާތު ދެވެން ނެތް ކަމަށް އެގައުމުގެ އެންސީބީއިން ވަނީ ބުނެފައެވެ. އާރްޔަންގެ މައްސަލަ އާއި ބެހޭ ގޮތުން އެގައުމުގެ އެންސީބީން ބުނެފައި ވަނީ އާރްޔަންގެ އަތުންނާއި އޭނާ ގެންގުޅޭ އެއްވެސް މުދަލަކުން، އަދި ދިރިއުޅޭ ތަނަކުން ވެސް އަދި މިހާތަނަށް މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެހެން ކަމުން މިކަމުގެ އިތުރު ތަފްސީލް ތަކެއް ހާމަ ކުރެވެން ނެތް ކަމަށެވެ. މިކަމާއި ގުޅިގެން އާރްޔަންގެ ވަކީލު ސަތީޝް ބުނީ، މިއީ އާރްޔަންގެ އަތުން ނުވަތަ އޭނާ ގެންގުޅޭ އެއްޗަކުން މަސްތުވާ ތަކެތި ފެނިގެން ކުރިއަށް ގެންދާ ތަހުގީގެއް ނޫން ކަމަށާއި، މިއީ ޝާހުގެ ދުވަސް ދުއްވާލަން ބަޔަކު މީހުން ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ބުނެފައެވެ. އާރްޔަންގެ މައްސަލަ އާއި ގުޅިގެން ގިނަ ކުންފުނި ތަކަކަކުން އަންނަނީ މިހާރުވެސް ޝާހު އާއި އެކު މަސައްކަތް ކުރުން ނިމުމަކަށް ގެނައުމަށް މަޝްވަރާތައް ކުރަމުން ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page