އަންނަ ރޯދަމަހުގެ ކުރިން ސަލްމާން މިސްކިތް ހުޅުވޭނެ- ޒާހިރު
- މާހިރު މުޙައްމަދު
- Aug 31, 2021
- 1 min read

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ އެހީގައި ބިނާކުރި ”ކިންގް ސަލްމާން މިސްކިތް“ އަންނަ ރޯދަމަހުގެ ކުރިން ހުޅުވައިލެވޭނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިސްކިތް ހުޅުވާނެ ތާރީޚު ކަނޑައެޅުމަށް ސަރުކާރާއެކު މަޝްވަރާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަފުދު ރާއްޖެ ވަޑައިގަތީ މި މަހުގެ 29 ގައެވެ.
އެ ބޭފުޅުންނާއެކު މަޝްވަރާކުރެވިފައިވާ ކަމަށާއި، މިހާރު ލަފާކުރެއްވޭ ގޮތުން އަންނަ ރޯދަމަހުގެ ކުރިން މިސްކިތުގައި ނަމާދުކުރަން ފެށޭނެ ކަމަށް މިނިސްޓަރު ޒާހިރު ފާހަގަކުރެއްވިއެވެ.
މިހާރު މިސްކިތަށް މަދުވަނީ ފަރުނީޗަރާއި، ބައެއް އިކުއިޕްމަންޓުތައްކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިސްކިތް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނައިރު މިސްކިތް ބެލެހެއްޓުމަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.








Comments