https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަންނަ މަހު 8 ވަނަ ދުވަހު ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅެން ތައްޔުވެއްޖެ

  • މާހިރު މުޙައްމަދު
  • Oct 14, 2021
  • 1 min read

އަންނަ މަހު ލަންކާގައި ބާއްވާ 4 ގައުމު ވާދަކުރާ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ވާދަ ކުރަން ޖެހިއްޖެ އެވެ.


އަންނަ މަހު 8-17 އަށް ކުރިއަށްދާ މުބާރާތް ކުޅޭނީ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގަ އެވެ.


ލަންކާގައި އަންނަ މަހު ބާއްވާ މުބާރާތް ހާއްސަކޮށްފައި ވަނީ ސީނިއާ ލެވަލް އަށެވެ. ލަންކާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް ވެސް ވާދަކުރެ އެވެ.


ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ އަންނަ މަހު 8 ވަނަ ދުވަހު އެވެ. ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 14 ވަނަ ދުވަހު އެވެ. އިންޓަނޭޝަނަލް މެޗެއްގައި ރާއްޖެ އެންމެ ފުރަތަމަ މެޗެއް ކުޅުނީ ސީޝެލްސްއާ ދެކޮޅަށެވެ.


މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ.


ލަންކާއިން 2012 ވަނަ އަހަރު ވެސް ވަނީ އިންޓަނޭޝަނަލް މުބާރާތެއް ރާއްޖެ އަށް ދައުވަތު ދީގެން ބާއްވައިފަ އެވެ. ލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ނަމުގައި ބޭއްވި މުބާރާތް ހާއްސަ ކުރީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގަ އެވެ. ހަސަން އަދުހަމް (ސަޑޭ) ގެ ކެޕްޓަން ކަމުގެ ދަށުން ރާއްޖެ އިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page