https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޢަލީ ރަމީޒް- ހިސާންއަށް، ތިޔަ ހުށަހެޅުއްވި ދީނަށް ހަޖޫޖެހުމަށް ފުރުސަތު އޮތް ބިލެއް

  • މާހިރު މުޙައްމަދު
  • Aug 24, 2021
  • 1 min read

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ބަޔާންކުރުމަށްޓަކައި، ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބިލަށް، ޢަލީ ރަމީޒު ފާޑުވިދާޅުވެއްޖެެއެވެ.


މި ބިލަކީ ޤާނުނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ވެސް އެކުލެވޭ ކުށެއް ކަމުގައިވާ ”އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް“ އިތުރަށް ތަފްސީލުކޮށް، އެ ކުށުގެ ޢަމަލުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް ހުށަހެޅި ބިލެކެވެ. މި ބިލުގައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް ޢާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާންކުރުމަށް ހިމަނައިފައެވެ.


މި ގޮތުން ޢަލީ ރަމީޒު ވިދާޅުވީ އިސްލާމްދީނަށް ތައުހީނުކުރުމުގެ ”ނިޔަތުގައި“ ކަމަށް އޮތުމުން އިސްލާމްދީނަށް ކިތަންމެ ވަރަކަށް ފުރައްސާރަ ކުރިޔަސް، އެކަން ކުރީ އެ ”ނިޔަތުގައެއް ނޫނޭ“ ބުނުމުން އެ ބަޔަކަށް އެއްވެސް އަދަބެއް ނުދެވޭނެ ކަމަށެވެ. އެހެންކަމުން މި ބިލުގެ ސަބަބުން ޤާނޫނީ އިމުގެތެރެއިން ރަސްމީ ސިފައެއްގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވެސް ޢަލީ ރަމީޒް ވިދާޅުވިއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page