އަޅުގަނޑާ ޝިދާތާއާއި މި އުޅެނީ ވަރަށް ބަަސްއަހައި މެރީކޮށްގެން، ވަރިއެއް ނުކުރަން- ޒިޔާ
- މާހިރު މުޙައްމަދު
- Jul 10, 2021
- 1 min read

މަޝްހޫރު ފިލްމީ ތަރި އަޙްމަދު ޒިޔާއާއި، ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފުގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް، ޒިޔާ ދޮގުކޮށްފިއެވެ.
ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝިދާތާ ޝަރީފު މިހާރު ހުންނެވީ ސިންގަލްކޮށެވެ. އަނެއްބައި ނޫސްތަކުގައި ވަނީ ވަރިވުމަށްޓަކައި ޝިދާތާ ކޯޓަށް ފޯމު ހުށަހެޅުއްވި ކަމަށެވެ.
މި ވާހަކަތަކުގެ ތެދުދޮގު ބަލައިލުމަށްޓަކައިިމެ ޒިޔާއަށް ގުޅައިލުމުން ވިދާޅުވީ ކައިވެނި ނިމުމަކަށް އައިސްފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ކަމަށެވެ.
”އަޅުގަނޑާއި ޝިދާތާއާއި މި އުޅެނީ އިނދެގެން. ދެ މީހުން ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް.“
މީގެ އިތުރުން ޒިޔާ ވިދާޅުވީ ފޯމުގެ ކަންތައް ވެސް އޮތީ ނިމިފައިކަމަށެވެ.
ޝިދާތާ އާއި ފިލްމީ ތަރި ޒިޔާއާ ކައިވެނިކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.








Comments