އަހަރެންނަށް ހޭންޑަލް ކުރަން ނޭގިގެން ވަރަށް ފޮނިބޮޑުވެވުނީ- ރޯމަން
- Goal mv
- Jul 17, 2021
- 1 min read

ޓިކްޓޮކްގެ ތެރެއިން މަޝްހޫރުކަން ލިބި ފަހުން ފިލްމީ ދާއިރާއަށް ނިކުމެގެން އާއްމުންގެ މަޤުބޫލުކަން ހޯދި މުޙައްމަދު ވިޝާލް (ރޯމަން) އާއްމުން ދަންނަ މަޝްހޫރު މީހަކަށް ވުމުން ފޮނިބޮޑުވެވުން ކަމަށް އެއްބަސް ވެއްޖެއެވެ.
ރޯމަން ބުނީ އެންމެ ފުރަތަމަ މަޝްހޫރުކަން ލިބެން ފެށުމުން "އޭތި ހޭންޑަލް" ކުރަން ނޭގިގެން ވަރަށް ގިނަ ކުރީގެ ރަށްޓެހިންނާއި ދުރަށް ދެވުން ކަމަށެވެ.
އެދުވަސްކޮޅު އުޅެވެން ފެށުނީ އަލަށް ލިބުނު މަޝްހޫރު ދަންނަ މޫނު ތަކާއިއެކު ކަމަށާއި، އޭރު ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން އެގުނީ މާ ފަހުން ކަމަށެވެ. ރޯމަން ބުނީ ކުރުކޮށް ބުނާނަަަމަ "ހޭންޑަލް ކުރަން ނޭގިގެން ފޮނިބޮޑުވެވުނީ" ކަމަށެވެ.

"ރޯމަންއަށް އަސްލު ވީ އެއްޗަކީ ފޭމް ލިބި ކަންތައްވީމަ ނޭނގުނު އަސްލު އޭތި ހޭންޑަލް ކުރާކަށް. ވަރަށް ގިނަ އެއްޗެހި ލޫސް ވެގެން ދިޔަ މިސާލަކަށް ބުނާނަމަ ރަށްޓެހިން ވެސް. ކުރުކޮށް ބުނާނަމަ އަސްލު ފޮނި ބޮޑުވެވުނީ ހަމަ. އޭތި ހޭންޑަލް ކުރަން ނޭނގިގެން. ދަންނަ ފޭސަސް ތަކާއިއެކު ރޯމަން އުޅެން ފެއްޓީ ވެސް ދެން ފަހުން ރިއަލައިޒްވީ ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން" ރޯމަން ބުންޏެވެ. ރޯމަން ބުނީ އެހެންކަމުން ވަރަށް ގިނަ ރަށްޓެހިން ގެއްލިގެން ދިޔަކަމަށާއި، ކުރީގެ ގުޅުންތައް ދެމެހެއްޓުންނަމަ ނުވަތަ ކުރިން އޭތި އިންގޮތަށް ބޭންދުން ނަމައޭ މިހާރު ހިތަށް އަރާ ކަމަށެވެ. ރޯމަން އެހެން ބުނެފައިވާ އިރު ކުރީގެ ރަށްޓެހިންނާއެކު އޭނާ ނަގާފައިވާ ފޮޓޯތައް އިސްޓަގުރާމުން ޑިލީޓްކޮށްފައިވާ ކަން ފަހަގަ ކުރަމެވެ.

ރޯމަން އެންމެ ފުރަަތަމަ މަޝްހޫރުވީ ޓިކްޓޮކްގެ ތެރެއިންނެވެ. އޭގެ ފަހުން ފިލްމީ ދާއިރާއިން ފުރުސަތު ލިބި އާއްމުންގެ ތެރެއިން ބޮޑު މަގުބޫލު ކަމެއް ލިބިގެންދިޔައީ މަޝްހޫރު ސީރީސް "އެހެނަސް" އިންނެވެ. އެ ސީރީސްގައި ރޯމަން ކުޅެފައި ވަނީ ރަނޑު މިހެއްގެ ބައެވެ.








Comments